އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުނަށް ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް މަގުބޫލު މަންޒިލެކެވެ. އެގޮތުން އަހަރު އެތަކެއް ފަހަރު ބައެއް ފަންނާނުން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އާދެ އެވެ. ކޮވިޑަށް ފަހު ރާއްޖެ ހުޅުވާލުމުން އެންމެ ގިނަ ފަތުރުވެރިން ވެސް އައިސްފައިވަނީ އިންޑިއާއިންނެވެ.

މިހާރު ވެސް ބޮލީވުޑްގެ ބައެއް ތަރިންނާއި ހިންދީ ސީރީޒްތަކުން ފެންނަ ތަރިން އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެފަރާތްތަކުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ނަގާފައިވާ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ދަނީ ހިއްސާ ކުރަމުންނެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ހީނާ ޙާން ވެސް މިވަނީ ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔައިރު ނަގާފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަރާގުރާމްގައި ވަނީ ހިއްސާ ކޮށްފަ އެވެ. ހީނާގެ މިފޮޓޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ އެވެ. ސާދާ ހުދު ހެދުމެއްގައި ހީނާ ފެނިގެންދާ އެ ފޮޓޯ އަކީ ހީނާގެ މިޒާޖު ރަމްޒުކޮށްދޭ ފޮޓޯ އެއް ކަމަށް ބައެއް ފޭނުން ބުނެ އެވެ.

https://www.instagram.com/p/CT89zW7onGx/

އެ ފޮޓޯ އަށް ގަޑިއެއްހާ އިރު ތެރޭ ލައްކަ އަކަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފަ އެވެ. ހީނާ ހިއްސާ ކުރި ފޮޓޯ އާއެކު ލިޔެފައިވާ މެސެޖުގައި ވަނީ އޭނާ އަށް ވާނެ ކަމަށާއި، އޭނާ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެފޮޓޯތަކަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓް ވެސް ކުރަމުންނެވެ.

ހީނާ ޚާން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ވެލައްސަރު މޯލްޑިވްސް ރިސޯޓްގަ އެވެ. ހީނާ ޚާން 2019 އަދި 2020 ވަނަ އަހަރުގައިވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައިވެ އެވެ.

ހީނާ ޚާންއަކީ އިންޑިއާގެ ޓީވީ ސީރީޒްތަކުގެ ޒަރިއްޔާ އިން ފޭނުންގެ ހިތް އަތުލި ފަންނާނެކެވެ. އޭނާއަކީ ކުޑަ ސްކްރީނުން ބޮލީވުޑަށް ދިޔަ އެންމެ ކާމިޔާބު އެއް ފަންނާނު ކަމީ ސުވާލެއް އޮތް ކަމެއް ވެސް ނޫނެވެ. ބޮޑު ފިލްމަކުން މިހާތަނަށް އައިއިރު އޭނާ ނުފެނުނު ނަމަވެސް އޭނާއަކީ ބޮލީވުޑްގައި ވެސް ކާމިޔާބު މޫނެއްކަން ފާހަގަކޮށްލެވެ އެވެ.

https://www.instagram.com/p/CT7EBWgIbfz/

ސްޓާޕްލަސްގެ ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ އިން ގާތްގަނޑަކަށް އަށް އަހަރު ފެނިގެންދިޔަ ހީނާ "ކަސޯޓީ ޒިންދަގީކީގައި ވެސް އަދާކުރީ މުހިންމު ރޯލެކެވެ. މީގެ އިތުރުން ނާގިން އިން ވެސް އޭނާ ވަނީ ފެނިފަ އެވެ. ބޮލީވުޑްގެ އުފެއްދުންތަކަށް ބަލާ ނަމަ އެންމެ ފާހަގަކޮށްލެވެނީ "ހެކް"އެވެ.

އަދި މީގެ އިތުރުން އިންޑިއާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ ކަމަށްވާ ބިގް ބޮސް 11 އަދި ބިގް ބޮސް 14 ގައިވެސް ހީނާ ވަނީ ފެނިގެން ގޮސްފަ އެވެ.