މި ސަރުކާރު ގެންނަން މަސައްކަތް ކުރެވުނީތީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި. އިނގިރޭސި ވިލާތުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ އޭނާއާމެދު ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ އަދި މިދިޔަ ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކާއި ޕީޖީ ޝަމީމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ހާމަކުރައްވާފައި.

މި ސަރުކާރު ގެންނަން މަސައްކަތް ކުރެވުނީތީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފި އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ އޭނާ އާމެދު ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ އަދި މިދިޔަ ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ހާމަކުރައްވާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ އިނގިރޭސި ވިލާތުގައި ހުންނަވާފައި ރާއްޖެ އަންނަން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެގޮތުން އެމަނިކުފާނުވަނީ އަލީ ވަހީދަށް ޑިފެންސް މިނިސްޓަރުކަން ހުށައަޅުއްވާފައި ކަމަށާއި ރާއްޖެ ވަޑައިގެން ސޯލްޓް ރެސްޓޯރަންޓްގައި ރައީސް ސާލިހާއެކު ދިފާއީ ދާއިރާއަށް ބަދަލުތަކެއް ގެންނަވަން ރައީސް ސާލިހުއާ ދެ ބޭފުޅުން މަޝްވަރާ ވެސް ކުރެއްވި ކަމަށެވެ.

"އެ މަޝްވަރާގައި ރައީސް ސާލިހު ވިދާޅުވި ޗީޕް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް ހަމަޖައްސަވަން އުޅުއްވާ ވާހަކަ ވެސް.. އެއަށްފަހު އަޅުގަނޑު ދިޔައީ ތޮއްޑުއަށް. ދެން ރައީސް ހުވާ ކުރައްވަން އެއް ދުވަހަށް ވީިއިރުވެސް އަޅުގަނޑަކަށް ހަބަރެއް ނުވޭ. ރައީސް ހުވާ ކުރައްވާ ދުވަހުގެ ތިންގަޑި ތިރީސް ދޭއްގައި ރައީސް ސާލިހު ގުޅުއްވާފައި ވިދާޅުވި ޑިފެންސް މިނިސްޓްރީ ދެވޭކަށް ނެތޭ. ޓޫރިޒަމް މިނިސްޓްރީއާއި ހަވާލުވާން ވީ ނޫންތޯއޭ؟" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސްގެ އެ ހުށައެޅުއްވުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށާއި އެހެން ނަމަވެސް ރައީސް އެދިވަޑައިގަތުމުން އެކަމަށް އިންކާރު ނުކުރެއްވީ ކަމަށެވެ. އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދަނޑަށް ވަޑައިގެންނެވިއިރު ވެސް އޭނާއަށް ވަޒީރުންގެ ލައިންގައި ގޮނޑިއެއް ވެސް ނެތް ކަަމަށާއި ގޮނޑި ހަމަޖެއްސީ ވެސް އެތަނަށް ދިޔަ ފަހުން ކަމަށެވެ.

"ތިޔަ ބޭފުޅުން ރަނގަޅަށް ބައްލަވައިފިއްޔާ ފެންނާނެ އަޅުގަނޑު އެ ދުވަހު ލައިގެން ހުރީ އިނގިރޭސި ވިލާތުގައި އަބަދު އެކި މީޓިންތަކުގައި ވެސް ލައިގެން އުޅުނު ބާ ހޮޓު ގަނޑެއް. އެތަނަށް ދިޔައީ ވެސް މިހާރު ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ސަމީރުގެ ކާރުގައި،" އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާއާ ވަޒީރުކަމުގެ މެންޑޭޓް ހަވާލުކުރެވުނުތާ ބައިގަޑިއިރު ފަހުން އޭނާގެ އަތުން ރާއްޖެ އިޝްތިހާރުކުރުމުގެ މެންޑޭޓް ނަންގަވާ ރައީސް ސާލިހުގެ ޅިޔަނަކާ ހަވާލުކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ މިސަރުކާރު ގެނައުމަށް މަސައްކަތްކުރީ ވަރަށް ބޮޑު އުއްމީދުތަކާއެކު ކަމަށާއި ނަމަވެސް މިސަރުކާރަށް އެންމެ ބޮޑު ކަމަކަށް ކުރެވުނީ ނައިބު ރައީސް ފައިސަލް ނަސީމް އައިޖީއެމްއެޗް ކުރިމަތީ ޓެކްސީ ސްޓޭންޑެއް ގާއިމުކުރުން ކަމަށެވެ. އޭނާ މިހާރު ވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ކަމަށާއި އެމަގާމުން އޭނާ ވަކިނުކުރާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. ނަމަވެސް މިހާރު ކަންތައްތައް މިހިނގާ ގޮތުން ރައީސް ސާލިހާއެކު އިތުރަށް ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ސާލިހު އަލީ ވަހީދަށް ހެޔޮގޮތް އެދިވަޑައިގަންނަވާ ކަމަށް ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ މިހާރު ރަނގަޅީ ރައީސް އެހާ ވަރަށް ހެޔޮއެދިވަޑައިނުގަތިއްޔާ ކަމަށެވެ.