ދިރާގުން ދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން، ދިރާގުގެ ހައިސްޕީޑް ފައިބާގެ ޚިދުމަތް ގދ. ރަތަފަންދުއަށް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
ދިރާގުން ބުނީ ރަތަފަންދޫއަށް މި ހިދުމަތް ތައާރަފްކޮށްފައި ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ އަދި ވަކިން ޚާއްސަކޮށް އިންޓަނެޓް އަސާސީ ހިދުމަތަކަށް ވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މިއީ ވީހާ ވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނެވެ. އެގޮތުން، ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖް ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތުން ލިބޭނެ އެވެ.
ދިރާގު ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދެނީ ހައިސްޕީޑް އަދި ފެންވަރު ރަނގަޅު ކަނެކްޓިވިޓީ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށެވެ. "މިއީ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމއިނުޓީތައް ބިނާކޮށް، ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ކަމެއް،" މިރްޝާން ވިދާޅުވި އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 65 ރަށެއް ހިމެނެ އެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ އެވެ.