ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން. ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ބޯޑުން ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޑެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި، އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމާފައި ވާތީ އެކަން ތަންފީޒުކުރުމަށް އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ފުލުހުންގެ ބޯޑުން ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޑެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި، އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ކޮމިޝަނަރު ވިދާޅުވީ އެ ނިންމުން ތަންފީޒު ނުކުރައްވައި ހިފެހެއްޓެވުމުގެ ވިސްނެވުމެއް ނުގެންގުޅުއްވާ ކަމަށާއި އެ ނިންމުމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށެވެ.

ފޮލިސް ބޯޑުގެ ނިންމުންތަކާ ގުޅިގެން މަޝްވަރާ ކުރަމުންދިޔަ ނަމަވެސް އެ ނިންމުންތައް ތަންފީޒު ކުރާނެ ސީދާ ތާރީހެއް ކޮމިޝަނަރު ހާމައެއް ނުކުރައްވަ އެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަނާއި އައިޝަތު ނޫރާ މުހައްމަދާއި އެމްޑީޕީ ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ފާއިޒާއި އަހުމަދު ނާޝިދާއި އާދަމް އިބްރާހީމާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު ޢަބްދުލް ޣަފޫރާއި ރައީސް ނަޝީދުގެ ކުރީގެ ވަކީލު ސަފާ ޝަރީފް އެވެ.