ސެކިއުރޓީ ނުވަތަ ދިފާއަކީ މިހާރު ގައުމީ މަފްހޫމެއް ނޫން ކަމަށާއި އެއީ ސަރަހައްދީ މަފްހޫމެއް ކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވި. ސުދީރު މިހެން ވިދާޅުވީ މިހާރު ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި.

ސެކިއުރޓީ ނުވަތަ ދިފާއަކީ މިހާރު ގައުމީ މަފްހޫމެއް ނޫން ކަމަށާއި އެއީ ސަރަހައްދީ މަފްހޫމެއް ކަމަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސުދީރު ވިދާޅުވީ ހަމައެކަނި ގައުމުތަކުގެ ބޯޑަރުތައް ރައްކާތެރިކޮށްގެން އެއްވެސް ގައުމަކަށް މި ޒަމާނުގައި ރައްކާތެރިކަމުގެ އިހުސާސް ނުކުރެވޭނެ ކަމަށެވެ. އަދި މިހާރުގެ ދުނިޔެއަކީ އާދަޔާ ޚިލާފަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ދުނިޔެއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑޯ ޕެސިފިކް ސެކިއުރިޓީ ފޯރަމްގެ ނަމުގައި ދާދި ފަހުން ރާއްޖޭގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުން، މާދުރުގައިވާ އެމެރިކާ އާއި ރާއްޖޭން ކޯ ހޮސްޓްކުރި ކުރުމަކީ ސަލާމަތީ ކަންކަމުގައި ގައުމުތަކުން އެއްބާރުލުންދޭ ގޮތުގެ މިސާލެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވި އެވެ.

ރާއްޖެއަކީ މުހިއްމު ޤައުމެއް ކަމަށާއި، ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ކުޑަ ގައުމު ކަމަށާއި ނަމަވެސް ޜާއްޖެއަކީ ދުނިޔޭގެ ނިސްބަތުން 31 ވަނައަށް އެންމެ ބޮޑު އިގްތިސާދީ ސަރަހައްދު އޮތް ގައުމު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޑިއާގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑެމީ އަކީ ދިވެހި ފުލުހުންގެ ތަނެއް ކަމަށާއި އެތަން ހިންގާނެ ގޮތް ނިންމާނީ ވެސް ދިވެހި ފުލުހުން ކަމަށް ސުދީރު ވިދާޅުވި އެވެ.

ޓާމް ހަމަވެގެން ފުރަން ތައްޔާރުވެފައިވާ އިންޑިއާގެ ސަފީރު މިފަދަ ވާހަކަފުޅުތަކެއް ދައްކަވާފައިމިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ މިނިވަން ކަމުގެ ދިފާއުގައި އިދިކޮޅުން ބޮޑު ހަރަކާތެއް ފެއްޓުމަށް ހަމަޖެހިފައި ވަނިކޮށެވެ. އެގޮތުން މިއީ ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާތީ އާއި އިންޑިޔާގެ މިލިޓަރީ ސިފައިން ރާއްޖެއިން ފޮނުވާލުމަށާއި ރާއްޖެ އިގްތިސާދީ ގޮތުން އަޅުވެތި ނުކުރުމަށް ގޮވާލާ ފަށާ ގައުމީ ހަރަކާތެއް ކަމަށް އިދިކޮޅުން ބުނެ އެވެ.