މޭވާގެ ބާވަތްތަކަކީ އެއިން ގިނަ ފައިދާތަކެއް އަހަރުމެންގެ ސިއްހަތަށް ކުރުވާ ބާވަތްތަކެކެވެ. މީގެ ތެރެއިން ވެސް ބައެއް ބާވަތްތަކަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނައިފި ނަމަ އެދެވޭ ގިނަ ބަދަލުތަކެއް ސިއްހަތަށް އަންނާނެ ބާވަތްތަކެކެވެ. އެވޮކާޑޯ އަކީ އޭގެ ތެރެއިން އެއް ބާވަތެވެ.
އެވޮކާޑޯއަކީ ހަށިގަނޑުގެ ކޮލެސްޓްރޯލް ދަށްކޮށްދިނުމުގެ އިތުރުން، ގިނައިރު ބަނޑުހައިނުވެ ހުންނަން އެހީވެދޭ މޭވާ އެކެވެ. އެހެން ކަމުން ހަށިގަނޑުގެ އާއްމު ސިއްހަތު ދެމެހެއްޓުމަށް އެއީ ރަނގަޅު ހޮވުމެކެވެ.
ދާދި ފަހުން ހެދި ދިރާސާއެއްގައި ދައްކާ ގޮތުން އެވޮކާޑޯއަކީ ހަށިގަނޑަށް އެތެރެވާ މައުދަންތައް ކުދިކޮށްދީ ހަޖަމުކުރުން ފަސޭހަ ކޮށްދޭ މޭވާއެއް ކަމުން ގޮހޮރުގެ ބަލިތަކުން ދުރުވެ ތިބުމަށް އެވޮކާޑޯ އެހީވެދެ އެވެ.
ހަމައެއާއެކު ދުވާލަކު އެވޮކާޑޯއެއް ކެއުމަކީ ހަށިގަނޑަށް ބޭނުންވާ މައުދަންތައް ލިބުމުގެ އިތުރުން ހަށިގަނޑުގައި ދައުރުވާ އެސިޑް މާއްދާތައް ބޭރު ކޮށްދޭ ކަމެއް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.
މި ސަބަބުތަކަށްޓަކައި ކޮންމެ ދުވަހެއްގެ ނާސްތާގައި އެވޮކާޑޯ ހިމެނުމަކީ ޑޮކްޓަރުންނާއި މާހިރުން އެކަމަކަށް ބާރުއަޅާ ކަމެއްކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.