މާ ގިނައިން ސެނިޓައިޒާ ބޭނުންކުރުމުން އަތުގެ ހަންގަނޑު ކުރަކިވުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމަށް ކުރެވިދާނެ ބައެއް ފަރުވާ ތަކަށެވެ.

ސަންފުލާވާ ސީޑް ތެޔޮ

ސަންފުލާވާ ސާޑް ތެލަކީ ހިކިވެ ކުރަކި ވެފައިވާ ހަން ރަގަޅުކޮށްދޭ އެއްޗެއްކަމަށް ހޯދުންތަކުން ދައްކަ އެވެ. އެހެންކަމުން ގިނަ މޮއިސްޗަރާސްތަކުގައި މި ތެޔޮ ބޭނުންކޮށްފައި ހުރެ އެވެ. އަތުގެ ހަން ކުރަކިވުމަށް އަވަސް ފަރުވާއެއް ބޭނުންނަމަ ކުޑަ ސަންފުލާވާ ތެޔޮފޮދަކާއި އޯޓްސްކޮޅެއް އެއްކޮށް ހަންގަނޑުގައި އުނގުޅުމަށްފަހު 15 މިނިޓް ވަންދެން ބަހައްޓާށެވެ.

ސާފު މާމުއި

މާމުޔަކީ އޭގައި ގިނަ އެންޓި ބެކްޓީރިއަލް އަދި އެންޓި އޮކްސިޑެންޓްގެ މާއްދާތައް އެކުލެވޭ އެއްޗެކެވެ. މާމުއި ބުއިމުގެ އިތުރުން ހަން ކުރަކިވެ ހަލާކުވެފައިވާ ތަންތަނުގައި މާމުއި އުނގުޅުމުން ހަން ސާފުކޮށް ތާޒާ ކޮށްދެ އެވެ. އަދި ހަން ރަނގަޅު ކުރުމަށް މާމުއި އެހީވެދެ އެވެ.

އެވޮކާޑޯ ހޭންޑް މާސްކް

އެވޮކާޑޯއަކީ ގިނަ ވިޓަމިންތަކެއް އެކުލެވޭ ހަން މޮއިސްޗަރައިޒް ކުރުމުގެ ބާރު ލިބިގެންވާ މޭވާއެކެވެ. އެވޮކާޑޯއެއްގެ އެއްފަޅިއާއި ކާށި ތެޔޮފޮދެއްގެ އިތުރުން ކުޑަ ލުނބޯ ހުތްކޮޅެއް އެއްކުރުމަށްފަހު އަތުގައި އުނގުޅާށެވެ. އަދި 15 މިނިޓަށްފަހު ތާފަނާ ފެނުން އަތް ދޮވެލާށެވެ.

.