ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން އެ ކުދިންގެ އަޚްލާގަށް ބޮޑު ބަދަލުތަކެއް އާދެ އެވެ. އެގޮތުން ގިނަ މައިންބަފައިންނަށް ހެދޭ އެއް ގޯހަކީ ދަރިން ހައްލަން ފޯނު ނުވަތަ އެނޫން ވެސް ޓެކްނޮލޮޖީގެ ސާމާނު ދިނުމެވެ.
ކުޑަ ކުދިން ރޯނެ އެވެ. ބޮޑާވެސް ހާކާނެ އެވެ. އެއީ އެ އުމުރުގައި ހަަމަ ކޮންމެ ކުއްޖަކު ވެސް ކުރާނެ ކަމެކެވެ. ނަމަވެސް އެފަދަ ކޮންމެ ފަހަރަކު ފޯނުގެ ދަހިވެތިކަމުގައި ކުދިން ރުއްސުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ނަމަވެސް އެއާ ޚިލާފަށް އަޅުގަނޑުމެންގެ މުޖުތަމައުން މިއަދު ފެންނަ މަންޒަރަކީ ދަރިން ރުއްސުވުމަށް މައިންބަފައިން ގެންގުޅޭ އެންމެ ބޮޑު ހަތިޔާރެއްގެ ގޮތުގައި ފޯނު ބޭނުންކުރާ ތަނެވެ.
ކާންދޭއިރު ވެސް ފޯނުން ކޮންމެވެސް އެއްޗައް އަޅުވައިގެން ކާންދޭ މައިންބަފައިން އަހަރުމެންގެ ތެރޭގައި އުޅެ އެވެ. އެއްޗެއް ހޯދަން ނުވަތަ ތަނަކަށް ދާން އެ ދަރިފުޅު ބޮޑާ ހާކާލިޔަސް އެންމެ ފުރަަތަމަ ކުރެވޭކަމަކީ އެ ކުއްޖާ އަތަށް ފޯނު ދިނުމެވެ.
ނަތީޖާއަކަށް ވަނީ ފޯނަށް އެ ކުދިން ދެވި ހިފުމެވެ. ބޮޑުވަމުން އަންނައިރު ފޯނާ ނުލާ ކާން އުނދަގޫވުމެވެ. ފޯނު ބޭނުންވުމާއި ބޮޑާ ހޭކުން އިތުރުވުމެވެ. ބޮޑާ ހާކާނަމަ ފޯނު ލިބޭނެކަން އެނގޭތީ އެވެ.
މީގެ އިތުރުން އެއީ ސިއްހީ ގޮތުން ވެސް ކުދިންނަށް ގެއްލުން ހުރި ކަމެކެވެ. ގިނައިރު ފޯނާ ކުޅޭނަމަ ލޮލުގެ ފެނުމަށް އަސަރު ކުރެ އެވެ. އެއްތަނެއްގައި ހަރަކާތްތެރިވުން މަދުވެ، އިންނަ ނަމަ ހަށިގަނޑު ފަލަވުމަށް މަގުފަހިވެ ބަލިތަކަށް ހުށައެޅެ އެވެ.
ފޯނު ނުދީވެސް ދަރިން ރުއްސައި ހެއްލޭނެ ގޮތްތައް ހުރެ އެވެ. ތިބާގެ ވަގުތު އެ ކުދިންނަށް ދޭށެވެ. ބޮޑާ ހާކާނަމަ އެކަމެއް ވިސްނައި ދޭށެވެ. ކުޑަ ކުދިންނަށް ފޯނަށް ވުރެ މުހިއްމީ މައިންބައިންގެ އަޅާލުމާއި ލޯތްބެވެ. ވަގުތާއި އެހީތެރި ކަމެވެ.
މާ ލަސް ނުވަނީސް މި އާދަ ދޫކޮށްލަން ވެއްޖެ އެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި ޓެކްނޮލޮޖީއާ މާ ދޯޅު ނުކޮށް ތަރުބިއްޔަތު ކުރުމަކީ މުހިއްމު ކަމެކެވެ.
ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ތަމެން ކުޑަ ކުއްޖާ އަތަށް ޓެބްދީފައި ގޭމް ކުޅެން ދަރިފުޅު ބައިންދާ ސޯޝަލް މީޑިއާ ގައި ސިޔާސީ ވާަހަކަ ދައްކަން ތިބޭތީވެ ވާގޮތޭ މީ އިނގޭތޭ މިކަން ކަން ރަނގަޅުވާނެއޭ މަމެން ޕިންކީންގެ ވެރިކަމުގައި މަމެން ޕިންކީންގެ ވެރިކަމުގައި ވިހާ ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން 3 ކޮޓަރީގެ އެޕާރޓްމެންޓެއް ދޭނަމޭ އެއީ ހަދިޔާ އެއްގެ ގޮތަށް އަދި އެތަނުގެ ފެންވަރު ރަނގަޅުވާނެއޭ ރެހެންދި ފެލެޓްސް ތަކަށް ވުރެން ވެސް އިނގޭތޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ...
މިކަހަލަ އެއްޗެހި ލިޔާމީހާ ލިޔަންޖެހޭނީ. ކިޔަންމެ ވަރަށް ލިޔުނަސް މިހާރުގެ މައިންބަފައިންނަށް ދަރިން ނުބެލޭނެ ފޯނުނުދީ.