"ލަވް އާޖް ކަލް" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް މިހާރު އަންނަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯނާއި ބޮލީވުޑްގެ ޒުވާން ހުނަރުވެރި ތަރި ކާތިކް އާރިޔަން އެކީގައި ފެނިގެންދާނެ ފިލްމެއް އިއުލާން ކިރަން ތައްޔާރުވެއްޖެ އެވެ.

ދީޕިކާ އާއި ކާތިކް އެކީގައި ފިލްމެއް އުޅެން އުޅޭ ވާހަކަ ދެކޭވޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ކާތިކާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނަށް ގެންނަން ދިނޭޝް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު މިފިލްމަށް ކާތިކް އަނގަބަހުން އެއްބަސްވެފައިވާ ކަމަށްވެސް ހަންގާމާއިން ވަނީ ބުނެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމުގެ ނަމެއް އަދި ދިނޭޝް އިއުލާނު ކޮށްފައިނުވެ އެވެ.

މީގެ ކުރިން ދިނޭޝް ޑައިރެކްޓްކުރި ހަމައެކަނި ފިލްމު 2017 ގެ "ރާބްތާ" ގައި ދިޕިކާގެ ހާއްސަ ލަވައެއް ފެނިގެން ގޮސްފައިވާއިރު ކާތިކް ވަނީ ދިނޭޝް ޕްރޮޑިއުސްކުރި ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން "ލުކާ ޗުޕީ" އާއި "ކޮކްޓެއިލް" އަދި "ފައިންޑިން ފެނީ" ހިމެނެ އެވެ.

https://www.instagram.com/p/CUUtcuppsQh/

ދިޕިކާގެ ގިނަ ފިލްމުތަކެއް ކުރިއަށް ހުރިއިރު އެންމެ އަވަހަށްވެސް ދުޕިކާގެ ފިލްމަކަށް ފެނިގެންދާނީ މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "83" އިންނެވެ. ދިޕިކާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ޕަތާން" އާއި "ފައިޓާ" އާއި "ދި އިންޓާން" ގެ އިތުރުން ޕްރަބާސްއާ އެކު ކުޅޭ ފިލްމެއް ހިމެނެ އެވެ.

https://www.instagram.com/p/CUiPSJ4tKHj/

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން "ފްރެޑީ" ގެ މަސައްކަތް ނިންމައިލި ކާތިކްގެ އަތުގައި ހުރި ފިލްމުތަކުގެ ތެރޭގައި ރިލީޒްކުރަން ތައްޔާރު ވަމުން އަންނަ "ދަމާކާ" ގެ އިތުރުން "ބޫލް ބުލައްޔާ 2" އާއި "ޝެހެޒާދާ" އާއި "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.