1. ޓިކްޓޮކް ހެދުމުގެ ކުރިން ވެސް ކޭކް އަޅަންތަ؟ ކޮން އިރަކު ފެށީ؟
ޖަވާބު: ލައްބަ. 2013 ގަ ހޮބީއެއްގެ ގޮތުގަ މިކަން ފެށީ. މަންމަގެ އޯލްޑް ބޭކިން ޓޫލްސް ބޭނުންކޮށްގެން ހޮބީއެއް ގޮތަށް ފެށީ.
2. އަމިއްލައަށްތަ ދަސްކުރީ ނޫނީ ކޯސްއެއް ހެދީތަ؟
ޖަވާބު: އަމިއްލައަށް ދަސްކުރީ ހުރިހާ ކަމެއް ވެސް. ޔޫޓިއުބް ބަލައިގެން. ވަރަށް ގިނަ ފެއިލްތަކަށް ފަހު ދަސްވީ.
3. އަސްލު ލައިފް ޕެޝަން އަކީ ކޭކް އެޅުންތަ؟ ނޫނީ އިތުރު ކަމެއްތަ؟
ޖަވާބު: އެންމެ ކުރީއްސުރެ ބޭނުންވީ ރިސޯޓް އެއް ނޫނީ ބޮޑު ކިޗަންއަކަށް ގޮސް ޕޭސްޓްރީ ޝެފެއްގެ ގޮތުގަ އުޅެން. އެކަމު ފެމެލީއެއް ސްޓާޓްކުރާ ވިސްނުން ހުރީމަ އަދި އެ ދާއިރާގަ އުޅޭވަރަށް ވުރެ ބަލިވީމާ ދޫކޮށްލީ އެ ޚިޔާލު. މިހާރު އެންމެ ބޮޑު ޑްރީމްއަކީ އަމިއްލަ ކުޑަ ބޭކަރީއެއް/ ކޮފީ ޝޮޕެއް ހުޅުވުން
4. ކީއްވެ ޓިކްޓޮކް ވީޑިއޯ ހަދަން ފެށީ؟
ޖަވާބު: ފުޑް ބްލޮގާއަކަށް ވުމަކީ އަބަދުވެސް ހުވަފެނެއް. އަބަދުވެސް ބޭނުންވޭ އަމިއްލަ މީހާއަށް އެނގޭ ކަމެއް އެހެން މީހުންނަށް ކިޔާދޭން ދަސްކޮށްދޭން. އެއީ ޓިކްޓޮކް ހަދަން ފެށި ސަބަބަކީ.
5. ކޮންކަހަލަ ޓިކްޓޮކްތަކަކަށް އެންމެ ތަރުހީބު ލިބުނީ؟
ޖަވާބު: ކާއެއްޗެހި ހަދާ ޓިކްޓޮކަށް އެންމެ ވިއުސް ލިބެނީ. އެކަމަކު އަސްލު ބޭނުންވަނީ ލައިފްސްޓައިލް، މަދާހުޑް އަދި ފުޑް ކޮންޓެންޓް މިހުރިހާ ކަމެއް ވެސް ޓިކްޓޮކްގަ ޕޯސްޓް ކުރަން.
6. ސޯޝަލް މީޑިއާއަކީ ޕޮސިޓިވް އަދި ނެގެޓިވް ކޮމެންޓްސް ވެސް އަންނަ ތަނެއް. ކިހިނެތް ހެންޑްލް ކުރަނީ މީހުންގެ ކޮމެންޓްސް؟
ޖަވާބު: އަސްލު ވަރަށް ހޭޓް ލިބޭ. އޯލް އައި ޓީޗް އިޒް ހައު ޓު ކުކް އެންޑް ބޭކް. މިކަމަށްވެސް ފާޑުކިޔާ ހޭޓް ލިބޭ. ސޯ ލައިފްގަ ކޮންމެ ކަމެއްކުރިޔަސް ހަމަ އަންނާނެ އެކަމަށް ބެހޭ ފާޑު ކިޔާ މީހުން. އެހާ ބޮޑަކަށް އެކަމަކަށް ނުވަންނަން ވަރަށް. ގިނަ ފަހަރަށް ބްލޮކް ކޮށްލަނީ. އެހެން ހެންލްކުރަނީ
7. ދުވާލަކަށް އާންމުކޮށް ކިތައް ކޭކު އަޅަން؟
ޖަވާބު: 5-10 ކޭކު
8. މި މަސައްކަތް ކުރަމުން ކިހިނެތް ފެމެލީ މެނޭޖް ކުރަނީ؟
ޖަވާބު: ބޭބީ އެންމެ ބޭބީ އިރުވެސް ޝީ އިސް ވެރީ އިޒީ ޓު ހެންލް އަލްހަމްދުލިއްލާހި. އަދި ބޮޑުވާ ވަރަކަށް މޫޑީވެސް ވޭ. ފިރިމީހާ ހުންނާތީ މި ވަނީ. ފިރިމީހާ ނުހުންނަ ދުވަސް ދުވަހު ވެސް އެކަނި ހުރިހާ ކަމެއް މެނޭޖްކުރަނީ. އަސްލު ވަރަށް ސްރަގްލް ކުރަން. ތެދަށް ބުނަންޏާ ނޭނގޭ ކިހިނެތް ކަމެއް މި މެނޭޖް ކުރެވެނީ.
9. ފުރުސަތު ލިބިއްޖެނަމަ މިއަށްވުރެ ބޮޑަށް ވިޔަފާރި ފުޅާ ކުރާނަންތަ؟
ޖަވާބު: ލައްބަ. ކުރިން ބުނިހެން ޑްރީމްއެއް އެއީ ކެފޭއެއް ނޫނީ ކުޑަ ކުޑަ ޓޭކްއަވޭ ތަނެއް އޯޕަން ކުރަން.
10. އެންމެ ބޮޑު ސަޕޯޓަރަކީ ކާކު؟ ނޫނީ ކޮން ބަޔެއް؟
ޖަވާބު: މަންމަ. އަބަދުވެސް ބުނާނީ މަންމަ އޭ. މަންމަގެ ސަޕޯޓް އަދި މަންމަގެ ހެލްޕްއާ ނުލާ މި ވިޔަފާރިއެއް ނުފެށޭނެ. މަންމަ އިންވެސްޓް ވެސް ކުރީ، މަންމަ ހިތްވަރު ދިނީ، މަންމަ ފެއިލްވާ ކޮންމެ ފަހަރަކު ހިތްވަރުދީ ޓިޕްސްދީ ހުރިހާ ކަމެއް ކުރީ. ސޯ އޯލް ދަ ކްރެޑިޓް ގޯޒް ޓު ހާ.