މައްސަރު ދުވަސްވަރު ބަނޑުގައި ރިހުން އަދި ވަރުބަލިވުމަކީ ގިނަ އަންހެން ކުދިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ. ބަނޑުގައި ރިހުން ހުއްޓުވުމަށް ބޭސް ބޭނުންކުރާ ކުދިންވެސް މަދެއް ނޫނެވެ. ނަމަވެސް މިއީ ސިއްހީގޮތުން ގެއްލުން ވެދާނެ ކަމެކެވެ. ބޭސް ކެއުމުގެ ބަދަލުގައި ރިހުން ކުޑަކުރަން ކެވިދާނެ ބައެއް ކާނާ މިލިޔުމުގައި ހިމަނާލާނަމެވެ.

އިނގުރު ސައި

އިނގުރު ސަޔަކީ އެކި ގޮތްގޮތަށް ހަށިގަނޑަށް ފައިދާ ލިއްބައިދޭ އެއްޗެކެވެ. އެހެންނަމަވެސް ޕީރިއަޑް ދުވަސްވަރު އިގުރު ސައި ބޭނުން ކުރާނަމަ ކިރު އަދި ގިނަ އަދަދަކަށް މާމުއިތް އެއްކުރާށެވެ. އެގޮތުން މާމުއިތް އަދި ކިރުގެ ސަބަބުން ރިހުންފިލުވާ ދެއެވެ. އަދި އިގުރު ބޭނުން ކުރުމުން ލޭ ދައުރު ކުރުމަށް ފަސޭހަވެގެން ދެއެވެ.

ޗޮކުލެޓްއާއި ދޮންކެޔޮ

ޗޮކުލެޓު ކެއުމުންވެސް ބަނޑުގައި ރިހުން ލުއި ކޮށްދެއެވެ. އެހެން ނަމަވެސް މާގިނައިން ޗޮކުލެޓް ބޭނުން ކުރުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއްނޫނެވެ. ދޮންކޭލަކީ ވިޓަމިން ބީ6 ހިމެނޭ ކާނާއެއް ކަމުން ރިހުން މަޑުކޮށް އިންޕެކްޝަން އުފެދުމުން ދުރުކޮށްދެ އެވެ.

ކަދުރު

ވަރުބަލިވުމަކީ ވެސް އާންމުކޮށް މި ދުވަސް ވަރު ދިމާވާ ކަމެކެވެ. ގައިގައި ވަރުޖެއްސުމަށް އެންމެ ރަގަނޅު އެއް މޭވާ އަކީ ކަދުރެވެ. ހާއްސަކޮށް ރަތް ކަދުރެވެ. އޭގެ އިތުރުން ލޭމަދުވުމުން ވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވެސް ކަދުރު ބޭނުން ކުރެވިދާނެ އެވެ.