ބަރުދަން ލުއި ކުރަން މަސައްކަތް ކުރީ މީހުން އެކަމަށް މޮޅެތި އުކުޅުތައް ބޭނުން ކުރެ އެވެ. ކަސްރަތު ކުރުމުގެ އިތުރުން ތަފާތު ޑައެޓް ޕްލޭންތައް ގެންގުޅެ އެވެ. ނަމަވެސް މިކަންކަމާއެކު ވެސް ނަތީޖާ ނުނުކުންނަ ނަމަ ޝަކުވާ ވެސް އިވެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ކަސްރަތު ކުރުމާއިއެކު މިގޮތަށް ކެއުން ބައްޓަން ކޮށްފި ނަމަ ހަފްތާއެއްގެ ތެރޭގައި ހަށިގަނޑަށް އަންނަ ތަފާތު ފެންނާނެ ބައެއް ކަންކަމަށެވެ.

ހަކުރު ބޭނުން ނުކުރުން

ހަކުރު ބޭނުން ކުރުމަކީ ހަށިގަނޑުގެ ބަރުދަން ލުއިވުމަށް އެޅޭ ހުރަހެކެވެ. ދެން ކުރާ ސުވާލަކީ ހަކުރު ބޭނުން ކުރުން ހުއްޓާލާނީ ކިހިނެއް ހެއްޔެވެ. ޖަވާބު މިއޮތީ އެވެ. ހެނދުުނު ގަޑީގައި ފައިބާ ސީރިއަލް ބޭނުން ކުރާށެވެ. އަދި ކޮފީ ނުވަތަ ކިރު ތަށްޓަށް ހަކުރު ގެ ބަދަލުގައި ކިރިޔާ ފޮނިރަހަ ލާވަރަށް މާމުތް އަޅާށެވެ. އަދި ޖޭމް ވެސް ބޭނުން ނުކުރާށެވެ.

މެންދުުރުގެ ނާސްތާ ބަދަލު ކުރުން

މެންދުުރުގެ ކެއުމަކީ މުހިއްމު ކެއުމެކެވެ. ގިނަ މީހުންނަށް މެންދުުރު ގިނައިން ކެވޭ ގޮތް ވަނީ މައްސައްކަތުގައި އުޅެފައި އައިސް ހުންނަ ބަރުބައްޔާ އެކު ވެފައި ހުންނަ ހައިކަން ފިލުވާލާށެވެ. ނަމަވެސް މެންދުރު މާ ގަދައަށް ކައިފިނަމަ ހެނދުނުގެ "ހެލްތީ ބްރެކްފާސްޓް"ގެ ފައިދާ ގެއްލުނީ އެވެ. އެގޮތުން މެންދުރު ތެޔޮ އެއްޗެއްގެ ބަދަލުގައި ފެނުކައްކާފައި ހުރި ތަރުކާރީ ނުވަތަ ސެލެޑެއް ބޭނުން ކުރާށެވެ.

ތެޔޮ ބޭނުން ކުރުން މަދު ކުރުން

ކައްކާއިރު ގިނަ ކެއުންތަގުގައި ތެޔޮ ބޭނުން ކުރަން ޖެހެ އެވެ. އެހެންނަމަވެސް ޑީޕް ފްރައި ކުރުމުގެ ބަދަލުގައި ކުޑަ ތެޔޮކޮޅެއް ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ކާނާ ބޭނުން ކުރާށެވެ. ރޭގަނޑު ތެޔޮ ހުންނަ ކެއުންތަކާ ދުރުވެއްޖެ ނަމަ 500 ކެލޮރީ އަންދާލަ އެވެ. އެއާއެކު ރޭގަނޑު ތަރުކާރީ ހިމެނޭ ސެލެޑެއް ނުވަތަ ލުނބޯ ބޭނުން ކޮށްފި ނަމަ އިތުރު 200 ކެލޮރީ އަންދާލަ އެވެ.