މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު)ގެ ޑައިރެކްޓް ކުރާ ފުރަތަމަ ވެބް ސީރީޒް "ނޫންތަ؟" ބައިސްކޯފުން ގެނެސްދިން ތައްޔާރުވެއްޖެ އެވެ.

ރަވީ ފާރޫގް ޑައިރެކްޓްކޮށް، ބައިސްކޯފުން ގެނެސްދިން ކާމިޔާބު ސީރީޒް "އެހެނަސް" ގެ ކާމިޔާބީއަށް ފަހު އައިކިއު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ތިނެސްކަން ލޯބީގެ ސީރީޒެކެވެ.

ހަ އެޕިސޯޑްގެ މައްޗަށް އެކުލެވޭ "ނޫންތަ؟" ވެބް ސީރީޒްގައި ފެނިގެންދާނީ މިހާރު އެންމެ މަގުބޫލު އެއް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހުމަދު އާސިމްގެ އިތުރުން ކުރިއަރަމުން އަންނަ އެކްޓަރު އަދުހަމް އެވެ.

ބައިސްކޯފުން މި ސީރީޒް ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެހެން ނަމަވެސް "ނޫންތަ؟" ސީރީޒްގެ ޓްރެއިލާއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ޓްރެއިލާއިން ފެނިގެންދާ މަންޒަރުތަކާއެކު މިސީރީޒް ކާމިޔާބުވާނެ ކަމާމެދުގައި އުންމީދު ވަރަށް ބޮޑެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި "ނޫންތަ؟" ގައި ނުޒޫ ކުޅެފައިވާ ސަނާގެ ކެރެކްޓާ އަކީ ފިލްމު ހަދާ މީހެއްގެ ރޯލެވެ. މި މަސައްކަތުގެ ތެރެއިން މީގައި ފެނިގެން ދާނީ އޭނާ ހަޔާތަށް އާސިމް (ސާނިމް) އާއި އަދުހަމް (އިޖާޒް) އައުމުން ކުރިމަތިވާ ލޯބީގެ ޑްރާމާގަނޑެކެވެ.

"ނޫންތަ؟" ގައި ދެން ވާނެ ގޮތަކާ މެދުގައި އިންތިޒާރުކޮށްލާށެވެ.