އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކޮށް ހިންގުމަށް ބޭނުންވާ ދެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.
މި ގަވައިދުތައް ޝާއިއުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އޭގެ ތެރެއިން އެންމެ ފުރަތަމަ ގަވާއިދަކީ އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދެވެ. މި ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމުގެ ގަވާއިދެވެ.
އެގޮތުން އެ ކުންފުންޏެއްގެ ވެބްސައިޓްގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން، އިސްތިސްނާ ހޯދުމަށް ހުށަހެޅިދާނެ ހާލަތްތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.
ދެވަނަ ގަވާއިދަކީ އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދެވެ. މި ގަވާއިދަކީ އިންޝުއަރެންސާ ބަހޭ ގާނޫނުގައި، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެެކެވެ.
އެގޮތުން މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ގާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކާކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކާކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތު ހިމެނެ އެވެ. އަދި އިންޝުއަރެންސާ ބެހޭ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް މި ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ.
ފުވައްމުލަކުގައި އެކްސިޑެންޓެއް: ދެ ކާރާއި ސައިކަލަކަށް ގެއްލުން
ވެނެޒުއޭލާގެ ތެލުގެ ބޮޑު ބައެއް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް
ތޮއްޔިބު އަނެއްކާ ވެސް ފުލުހަށް ހާޒިރުކުރަނީ