އިތުރު 219 މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،069 ސާޕްލް ޓެސްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 219 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 29 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 173 މީހަކު އިތުރުން ރިސޯޓްތަކުން 17 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 88،277 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،981 މީހުންނެވެ. މިހާތަނަށް 86،040 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 33 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 243 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.