އިންޑިއާގެ ލީޑަރުން ގައުމުން ބޭރަށް ވަޑައިގަންނަވާއިރު، މިނިވަންކަން ހޯއްދަވައިދެއްވި ބާނީ މަހާތުމާ ގާންދީގެ ވާހަކަ ދެއްކެވުމަށް ވަރަށް ބޮޑަށް ލޯބިކުރެ އެވެ. އިންޑިއާއަކީ ސުލްހަ އާއި ލޯބި އޮތް ބިމެއްގެ ގޮތުގައި ދެއްކުމަށާއި، ދުނިޔޭގެ މައިދާނުގައި ޒިންމާދާރު ޑިމޮކްރެސީއެއްގެ ގޮތުގައި ވެސް ދެއްކުމަށް، އެ ކާޑު އިންޑިއާގެ ވެރިން ވަރަށް ރަނގަޅަށް ބޭނުންކުރެ އެވެ. މިދިޔަ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ގާންދީ އާއި އޭނާގެ އެ ވިސްނުން އިންޑިއާ އިން ބޭރަށް ވެސް ގެންދަވައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވައިޓް ހައުސްގައި މޯއެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވައި މޯދީ ވިދާޅުވީ ގާންދީގެ "އަނިޔާވެރިކަމާ ދެކޮޅު، އިހްތިރާމާއި، ހަޖަމްކުރަން ދަސްކުރުމުގެ ސަގާފަތް ކުރިއަށް ވުރެ ވެސް ބޮޑަށް މިއަދު އިޔާދަކުރެވިދާނެ" ކަމަށެވެ.
މޯދީ އދ. ގައި ދެއްވި ތަގުރީރުގައި ވިދާޅުވީ "ހަރުކަށި ވިސްނުމާއި ހަރުކަށި ފިކުރުގެ ނުރައްކަލާ މުޅި ދުނިޔެ ވެސް ކުރިމަތިލާން ޖެހިފައިވާ" ކަމަށެވެ. އަދި އެ ވާހަކަފުޅުގައި އެ ގައުމުގެ ޑިމޮކްރެޓިކް އަސާސްތަކުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށެވެ. އަދި، މޯދީ ވަނީ އިންޑިޔާއަށް އާ ހިޔާލީ ނަމެއް ވެސް ދެއްވައިފަ އެވެ. އެއީ "ހުރިހާ ޑިމޮކްރަސީއެއްގެ މަންމަ" އެވެ.
އޭގެ މާނައަކީ ކޮބައިކަމެއް އެކަކަށް ވެސް ނޭނގޭނެ އެވެ. އިންޑިއާގެ މަންމައިން ކުރެ، އެ މަންމައަށް އުޅެނީ އޭނާގެ 12 އަހަރުގެ ފިރިހެން ދަރިފުޅުގެ މަރުގެ ހަނދާންތަކާ ވަކިނުވިގެންނެވެވެ. މޯދީ އެމެރިކާގައި އެކަން ފާހަގަކުރައްވަމުން ގެންދެވިއިރު، އެ ކުއްޖާ މަރުވީ އެ ގައުމުގެ އުތުރު ސްޓެޓެއް ކަމަށްވާ އާސަމްގައި މަގުމަތީގައި ފުލުހުން ބަޑިޖަހާ މަރާލުމުންނެވެ.
"އެ މީހުން އަޅުގަނޑުގެ ދަރިފުޅު މަރާލީ،" ބުއްދި ގޯސްވެފައިވާ އެ ކުއްޖާގެ މަންމަ ހަސީނާ ބާނޫ ބްރަހްމަޕުތްރާ ކޯރުގެ އައްސޭރިފަށުގައި އޮންނަ ދުރު އަވަށެއްގައި ނޫސްވެރިން ޒިޔާރަތް ކުރުމުން، މީހުންގެ މެދުގައި ހުރެ ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ.
ޝެއިޚް ފަރީދު ކިޔާ މި ކުއްޖާއަށް ފުލުހުން ބަޑިން ހަމަލާދީފައި ވަނީ ބަންގާޅުގެ މުސްލިމް ގަބީލާތަކުގެ މީހުން އެ މީހުންގެ ބިމުން ގަދަކަމުން ނެރެ، މިހާރު ސަރުކާރުން "ނަސްލީ މުޖުތަމައު"ގެ ނަމުން ނަންދީފައިވާ އައްސާމީ ހިންދޫންނަށް ދޭން ބޭނުންވާތީ އެކަމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން، އެ އަވަށުގެ އަވަށްތަކުގައި ހުޅުޖަހައި އަންދާލުމުންނެވެ. ފަރީދު މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ ޕޯސްޓް އޮފީހުން ނެޝަނަލް ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ކާޑެއް ނަގައި، އޭނާގެ ރައްޔިތުކަން ވެސް އުފައްދައިފަ އެވެ.
މިފަދަ ގޮތަކަށް ކުޑަ ކުއްޖަކު މަރުވުމަކީ ގައުމީ ނިކަމެތިކަން ހާމަކޮށްދޭ ސިފައެކެވެ. އެކަމަކު ހަމަ އެ ގެތަކުން މީހުން ނެރުމުގެ ހަރަކާތުގެ ނަތީޖާއަކަށްވީ ފަރީދުގެ އަވަށްޓެރިއަކު އޭނާގެ ގެ އާއި އިތުރު 5،000 މީހުންގެ ގެއާއެކު ތަޅާލުމަށް ރުޅިވެރިކަމުގެ ތެރޭގައި ފުލުހުންނަށް ވަނީ ދަނޑިބުރިން ހަމަލާދީފަ އެވެ. އަދި އެ މައްސަލާގައި އާސާމް ސިޔާސީ އިސްވެރިއެއް ކަމަށްވާ މޮއިނުލް ހޮކް ވަނީ މުޒާހާރަކުރާ މީހުންގެ އަދަދު އިތުރުވެއްޖެ ނަމަ، އޭނާގެ އަގުވެއްޓިދާނެ ކަމަށް ބުނެ، ހަތިޔާރު އެޅި ފުލުހުންނަށް އެންގީ އެ މީހާ ބަޑިޖަހައި މަރާލާށެވެ. މި ހަމަލާގެ މަންޒަރުތައް ދަނީ ހަލުއިކަމާއެކު އިންޓަނެޓްގައި ފެތުރެމުންނެވެ.
އެ ފޮޓޯތަކުން ފެންނަނީ ފުލުހުންގެ ޓީމާއެކު ދިޔަ ހިންދޫ ފޮޓޯގްރާފަރެއް ކަމަށްވާ ބިޖޯއީ ބާނިޔާއަށް ވަނީ ވަރޭ ތެރޭގައި ބުރުގާ ވަޔާ އަރައިގެންދިޔައިރު ފުލުހުން އަންހެނެއްގެ ގައިގައި މުގުރުން ތަޅަމުންދިޔަ ފޮޓޯއެއް ވެސް ނަގައިފަ އެވެ. އަދި އެ ފޮޓޯއިން އެ އަންހެން މީހާ ވެއްޓިފައިވަނިކޮށް ވެސް ތަޅަމުންދިޔަ ތަން ފެނެ އެވެ. އަދި އެ މަންޒަރު ފެނިގެން ކެތްނުކުރެވިގެން ބާނިޔާ ވަނީ ދުވެފައި ގޮސް އެ އަންހެން މީހާގެ ފުރާނަ ނެތް މަސްގަނޑު އެތަނުން ދުރަށް ގެންގޮސްފަ އެވެ.
ބާނިޔާއަކީ އިންޑިއާ ސަރުކާރުން ހިންގާ ހިންދޫ ހަރުކަށި ވިސްނުމުގެ މި މަންޒަރު އެންމެ ފަހުން ފެނުނު މީހާ އެވެ. އިންޑިއާގެ ބާދީގެ 84 ޕަސެންޓް މީހުންނަކީ ހިންދޫން ކަމަށްވާއިރު، މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ހިންދޫ ންގެ ޝިކާރައަކަށްވުމުގެ ފުން އިހްސާސް އުފައްދައި، ދޮގު ވާހަކަ ދެއްކުމާއި، ނަފްރަތު އުފެއްދުމާއި، ދުވަސްވީ ދީނީ ޒަޚަމްތައް ހުޅުވުމާއި، މީޑިއާއަށް އޮޅުވާލުމާއި، ފާޑުކިޔާ އަޑުތައް ކަނޑުވާލުމާއި، ހިންދޫ ވަތަނީ ވަތަނީ ޖަމާއަތްތައް ބާރުވެރިކުރުމުގައި އާދަޔާހިލާފު ކާމިޔާބީއެއް ހޯދާފަ އެވެ. "ހިންދޫން ތިބީ ނުރައްކަލެއްގެ ތެރޭގައި" އަކީ ކަނާތު ފިޔައިގެ މީހުން މިއަދު އެންމެ ބާރަށް ފަތުރާ އެއް އަޑެވެ.
ނަތީޖާއެއްގެ ގޮތުން އިންޑިއާގެ އެންމެ ބޮޑު މައްސަލައަކީ އެގައުމުގެ މުސްލިމުން ކަމަށް ގިނަ ހިންދޫންނަށް މިހާރު ވަނީ ބޫލުކުރަން މަޖްބޫރުވެފަ އެވެ. 2014 ވަނަ އަހަރު މޯދީ ވެރިކަމާ ހަވާލުވުމުގެ ކުރިން ގިނަ ރައްޔިތުންނަށް ހީވެފައި އޮތީ އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފަގީރުކަމާއި، އިގުތިސޯދީ ކުރިއެރުމާއި، ކޮރަޕްޝަން ކަމަށެވެ. އޭނާ ވެރިކަމަށް ސަވާރުވެވަޑައިގެންނެވީ އެ ހުރިހާ ކަމެއް ހަމައަކަށް އެޅުވުމަށް ވައުދުވެގެންނެވެ. އެކަމަކު އިގުތިސޯދު އިތުރަށް ގޯސްވެ، ވަޒީފާ ނެތް މީހުންނާއި ފަގީރުކަން އޭނާގެ ދަށުން އުފުލިގެން ގޮސްފައިވާއިރު، ބީޖޭޕީ ވަނީ، ޒިންމާއިން އެއްކިބާވުމަށް ވަފާތެރި ސިޔާސީ ކަންކަމުގެ ތެރެއަށް ފަހަތަށް ޖައްސައި އެ މައްސަލަތަކުގެ ސަމާލުކަން ގެއްލުވާލައިފަ އެވެ. އިންތިޚާބުތައް ކާމިޔާބުކޮށް ވެރިކަމުގައި ދެމިތިބުމަށް، ހިންދޫންނާ ދެކޮޅަށް ވޯޓުލާ މުސްލިމުން ފާހަގަކޮށް، މުސްލިމުން ބަދުނާމު ކުރުމަށް އެއަށްވުރެ ހުތުރު ކެމްޕޭންތައް ދަނީ ރާވަމުންނެވެ.
މިގޮތުން ހިންދޫންގެ އާބާދީއަށް ވުރެ މުސްލިމުންގެ އާބާދީ އިތުރުވެ، އިސްލާމީ ދައުލަތެއް ގާއިމުކުރުމުގެ މަގްސަދުގައި "ލަވް ޖިހާދު" ނަމުގައި ހަރަކާތެއް ހިންގާ ކަމަށް ބުނެ އެކަމަށް ގާނޫނުތަކެއް ހަދަން ވެސް ދަނީ ރާވަމުންނެވެ. ދީނީ ގޮތުން ބަދަލުހިފުމާއި، ހިންދޫން މާތް އެއްޗެއް ކަމަށް ދެކޭ ގެރި ކަތިލުމާއި ދެކޮޅަށް ހެދި ގަވައިދު ވެސް ހިމެނެ އެވެ. އަދި މުސްލިމް ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ގޮވާލާ ހިންދޫންގެ ހަރުކަށި ޖަމާއަތްތަކުން މުސްލިމް މަސައްކަތްތެރިންނަށާއި ކާބޯތަކެތި ވިއްކާ މީހުންނަށް ދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.
އިންޑިއާގެ ސޯޝަލް މީޑިއާ މިއަދު ފުރިފައިވަނީ ހިންދޫ ދީނުގެ މީހުން ހިމާޔަތްދޭ ފަރާތްތަކުން މުސްލިމުންނަށް އަނިޔާކުރުމަށް ގޮވާލައި އަމިއްލައަށް ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުންނެވެ. ހިންދޫ ވަތަނީ އިސް ވަފާތެރިން ވެސް ދަނީ ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ފަތުރަމުންނެވެ. ގެރި ގެންގުޅުމާއި ނުވަތަ ހިންދޫ އަންހެނުންނާ ގުޅިގެން އުޅޭ މުސްލިމުން ދަނީ ތަފާތު ދުއްތުރާ ކުރިމަތިވަމުންނެވެ.
މޯދީ އަމިއްލަފުޅަށް އިންތިޚާބުގެ އެއްވުންތަކުގައި ވެސް "ހަމަނުޖެހުން އުފައްދަން އުޅޭ މީހުން އެމީހުންގެ ފޭރާމުން ދެނެގަނެވޭނެ" ކަމަށް ވިދާޅުވެފައިވެ އެވެ.
ގާންދީ އަވަހާރަވީ ވެސް މިނިވަން ޖުމްހޫރިއްޔަތުގެ އަސާސްތައް، މިދެންނެވި ގޮތަށް، އެއަށްވުރެ ފުރިހަމަ ގޮތުގައި، އެ އަސާސްތައް ހިފެހެއްޓުމަށް މަސައްކަތްކުރަމުންދަނިކޮށެވެ. މޯދީ ގާންދީއަށް ތައުރީފު ކުރައްވާއިރު، ބީޖޭޕީގެ ލީޑަރުން ފާޅުގައި ގާންދީއަވަހާރަކޮށްލި މީހާއަށް ތައުރީފު ކުރައްވާއިރު، އޭނާއަކީ މޯދީއަކީ ވެސް ހިންދޫ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. މޯދީގެ ވަޒީރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިނިވަންކަމާއެކު ރައްޔިތުންނަށް ގޮވާލަނީ "ޣައްދާރުން" ގެ ގަޔަށް ބަޑިޖެހުމުގެ ޕޮގްރޫމްތައް ފެށުމަށެވެ. މޯދީ ވަނީ 2002 ވަނަ އަހަރު ގުޖުރާތުގައި ޗީފް މިނިސްޓަރުކަން ކުރެއްވިއިރު، ގުޖުރާތުގައި ހިންގި ގަތުލުއާއްމުގެ މައްސަލާގައި ވެސް އަމިއްލައަށް ފަޚުރުވެރިވެ އެވެ. އެ ދުވަސްވަރު އެތައް ސަތޭކަ މުސްލިމުންނެއް މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ނެތި މަގުމަތިވި އެވެ.
ބައިޑަންގެ އަރިހުގައި ގާންދީގެ ވާހަކަ ދައްކަވާއިރު، އިންޑިއާގެ ރޯލް މޮޑެލުންގެ ވާހަކަ މި ވަނީ ބަދަލުވެފަ އެވެ. ހަމައެފަދައިން، އާންމު ތަގުރީރުކުރުމުގައި ވެސް މުޖުތަމައު ގަބޫލުކުރެވޭ މިންގަނޑުތައް ވެސް ގެންގުޅެންޖެހެ އެވެ. އާންމު އެއްވުންތަކުގައި ނަސްލު ނައްތައިލުމުގެ ޖަރީމާތައް މިހާރު ވަނީ ފާޅުގައި ދައްކަން ފަށައިފަ އެވެ. ނަސްލު ނައްތާލުމުގެ "ބޭނުންތެރިކަން" ސިޔާސީ ވާހަކަ ފަދައިން އާދައިގެ ވާހަކަތަކުގެ ގޮތުގައި ރަހުމަތްތެރިން ނުވަތަ އާއިލާތަކުގެ މެދުގައި ދަނީ ދައްކަމުންނެވެ. މަރުގެ އިންޒާރުދިނުން ވަނީ އާދައިގެ ކަމަކަށް ހަދައިފަ އެވެ.
ބީޖޭޕީ ދަނީ އިންޑިޔާގެ ތާރީހުގައި އިންޑިޔާއަށް ދެވިފައިވާ ޑިމޮކްރަސީގެ ރީތިނަން ކިލަބުކުރަމުން ޔާ ﷲ މުސްލިމުން ބާރުވެރި ކުރައްވާ ނަސްރު ދެއްވާށި ! ޢާމީން
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް