ބުދަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރެއްވި ޖޯ ބައިޑެން ނަތީޖާގެ ލީޑް ފުޅާކުރައްވައި، 248 އިލެކްޓޯރަލް ވޯޓު ހޯއްދަވައިފި އެވެ.

ބައިޑެން އެންމެ ފަހުން ކާމިޔާބުކުރެއްވީ ވިސްކޮންސިން ސްޓޭޓެވެ. އެ ސްޓޭޓް ކާމިޔާބުކުރެއްވުމާއެކު އިތުރު 10 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންނެވި އެވެ.

ވިސްކޮންސިން އިން ބައިޑެން ވަނީ 1,630,396 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިއީ 49.57 ޕަސެންޓެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވީ 1,609,879 މިލިއަން ވޯޓެވެ. މިއީ 48.95 ޕަސެންޓެވެ.

ބައިޑެން ވަނީ މިހާތަނަށް 70,320,830 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިއީ ވޯޓު ދިން މީހުންގެ 50.2 ޕަސެންޓެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 67,526,263 މިލިއަން ވޯޓެވެ. މިއީ 48.2 ޕަސެންޓެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް 270 އިލެކްޓޯރަލް ވޯޓު ހޯދަން ޖެހެ އެވެ. ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގެންނެވީ 214 އިލެކްޓޯރަލް ވޯޓެވެ.