ކޮވިޑް ޖެހޭ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ހުޅުމާލޭގައި 272 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުވައިފި އެވެ.

އެޗްޑީސީން ހުޅުމާލޭގައި ކުރިން މުދާ ރައްކާކުރާ ގުދަނެއްގެ ގޮތުގައި ހެދި ހަތަރު ބުރީގެ އިމާރާތް މެޑިކަލް ފެސިލިޓީއަކަށް ބަދަލުކޮށް، "ދަ އިންފެކްޝަސް ޑިޒީޒަސް މެނޭޖްމަންޓް ސެންޓަރު"ގެ ނަމުގައި ހުޅުވި ތަނުގައި 272 އެނދާއެކު 44 އައިސީޔޫ އެނދު ވެސް ގާއިމުކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެތަނުން އިމަޖެންސީ އާއި އިން ޕޭޝަންޓްގެ ހިދުމަތް ވެސް ދެވޭނެ ކަމަށެވެ. އެތަނުގައި މިވަގުތު ހިދުމަތް ދެނީ އެޑްމިޓްކޮށްގެން 35 އިން ޕޭޝަންޓުންނަށާއި އައިސީޔޫ ފަސް އެނދުގައި ކަމަށް ވެސް އެެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި އަލަށް ހެދި މެޑިކަލް ފެސިލިޓީ. މިތަން މިއަދުން ފެށިގެން ބޭނުންކުރާނެ. ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް މީގެ ކުރިން ބޭނުން ކުރީ ހުޅުމާލޭގައި އަމިއްލަ މީހަކު ހަދާފައި ހުރި އިމާރާތެއް މެޑިކަލް ފެސިލިޓީއަކަށް ބަދަލުކޮށްގެންނެވެ.

ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި އަލަށް ހެދި މެޑިކަލް ފެސިލިޓީ. މިތަން މިއަދުން ފެށިގެން ބޭނުންކުރާނެ. ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި މިހާރު ވެސް ދުވާލަކު 400 އެއްހާ މީހުން ކޮވިޑް ޖެހެމުން އެބަދެ އެވެ. އެ ބަލި ޖެހުނު މީހުންގެ ތެރެއިން 8 މީހަކަށް މިހާރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަގެންދެ އެވެ.