ނިއު ޔޯކް (15 މާޗް) - އިލޮން މަސްކްއާއެކު ގަދަ ހިފުމަކަށް ދިއުމަށް، އޭނާ ރަޝިއާގެ ރައީސް ވްލަމިދިރް ޕުޓިންއަށް ޗެލެންޖުކޮށް ގޮން ޖަހައިފި އެވެ.

ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އިލޮން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ "ސިންގަލް ކޮމްބެޓް" އަކަށް ދިއުމަށް ޕުޓިންއަށް ދައުވަތު ދީފަ އެވެ.

އިލޮންގެ ޓުވީޓުގައި އިތުރަށް ބުނެފައި ވަނީ މޮޅުވާ މީހެއްގެ އިނާމަކަށް ވާނީ ޔޫކްރެއިން ކަމަށެވެ.

އޭނާ އިޝާރާތް ކޮށްފައި އެވަނީ އިލޮން މޮޅުވެއްޖެ ނަމަ ޕުޓިންއަށް ހަނގުރާމަ ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ރަޝިއާގެ ރައީސް އޮފީހުގެ ޓްވިޓާ އެކައުންޓް ޓެގްކޮށް އިލޮން ކުރި މި ޓްވީޓަށް ފަހު އޭނާ ވަނީ ކުރިމަތިލުމަކަށް އެއްބަސްތޯ ސުވާލުކޮށް ޓްވީޓް ކޮށްފަ އެވެ.

ޓްވިޓާގައި އެހެން މީހަކު ކުރި ޓްވީޓަކަށް ރައްދު ދެމުން އިލޮން ވަނީ ޕުޓިންއަށް ހުޅަނގަށް ބިރު ދެއްކުނު ނަމަވެސް އެ ޗެލެންޖު ގަބޫލު ކުރަން ނުކެރޭނެ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުނީއްސުރެ އިލޮން އަންނަނީ އޭނާގެ ސޯޝަލް މީޑިއާގައި ރަޝިއާއަށާއި ޕުޓިންއަށް ފާޅުގައި ފާޑު ކިޔަމުންނެވެ.