ރައީިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަފްދަކާ އެކު މިދިޔަ އަހަރު އދ. އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިއްސާކުރަން އިިިިިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގެވުމުން ހައިކޯޓުގައިި އެ މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.
އެ ދަތުރުގެ ހަރަދު ތަފްސީލާއި ހަރަދު ކުރި ގޮތުގެ ރަސީދުތައް ހޯދަން ރައީސް އޮފީހަށް ހުށަހެޅީ ދިޔަރެސް ނޫހުގެ ފަރާތުން ނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 18 އިން 26 ގެ ނިޔަލަށް ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ހޯދަން މައުލޫމާތު ހޯދަން އެ ނޫހުން އެދުމުން ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް ޖުމްލަ ހަރަދުވީ 5،354،709.08 ރުފިޔާ ކަމަށެވެ. އަދި ރަސީދުތަކުގެ ކޮޕީ ހިއްސާކޮށްފައެއްނުވެ އެވެ. އެ ހަރަދުތަކާއި ގުޅޭ ރަސީދުތައް ހޯދުމަށް ރައީސް އޮފީހުގައި އެދުމުން އެ އޮފީހުން ބުނީ ދަތުރުގެ ރަސީދުތައް ސިއްރުކުރަން ނިންމާފައިވާ ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން އެ އޮފީހުން މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި އެންގީ އުނިކުރަންޖެހޭ މައުލޫމާތުތައް އުނިކުރުމަށްފަހު ފަސް ދުވަހުގެ ތެރޭގައި ރަސީދުތައް ހާމަކުރުމަށެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ނުކޮށް ރައީސް އޮފީހުން ނިންމީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށެވެ. އެތަކެތި ސިއްރުކުރަން ނިންމި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވަނީ، އެ ދަތުރުފުޅާއި ގުޅިގެން ސަރުކާރުން ކުރި ހަރަދުތަކާއި ގުޅޭ ރަސީދުތަކަކީ އޭގެ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ކަމުގައިވާތީ އާއި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.
ރައީިސް އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަދި ކޯޓުގައި ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.
ޢިބޫ ފޮރުވައިގެން މިހާރަކު ކުރާނެކަމެއްނެތްކަމެއް އެއްމެންނައްވެސް މިހާރު އެބައިނގޭ 2 ވަނަ ދައުރެއް ދޭންނުޖެހޭކަން މައުމޫނާ، އިމްރާނާ ،ޤާސިމް ގެ ވޯޓު އެކަނި ލިބިގެން ވެރިކަމަކައް ނާދެވޭނެ މިހާރަކު ކޯލިޝަން ތިޔަކިޔާ ލީޑަރުން ބުނެގެނެއް ރައްޔިތުން ވޯޓެއް ނުލާނެ. ތިޔަސިޔާސީ ވެރިންޖަހާމަކަރު މިހާރުދެން ރައްޔިތުން ޖަހާލާނެ ވޯޓުކަރުދާހުގަ
ތިކަންތައްވެސް ތިވީ ހަމަ އިންޑިއާ ސިފައިންގެ އެގޮރީމެންޓަށް ދޯ، މި ސަރުކާރުން ކުރާ ކޮއްމެ ކަމެއް ވެސް ފުލުން މި ދަނީ، ރއޮފީހަކަސް ކޮންމެ ތާކުން ކުރި ޚަރަދަކަސް ރައިއްޔަތަކު ބަލަން ބޭނުން ވެއްޖެ ނަމަ އެ މައުލޫމާތެއް ދޭން ޖެހޭނެ، ތި ބުނާ ދަތުރެއްވެސް މިހާރު އެގިއްޖެ ވަރަށް ކަންތައްގަނޑެއް ހިންގާލާފަ ވަރަށް ފައިސާގަނޑެއް ނާޖާއިޒުގޮތުގާ ޚަރަދު ކޮށްލާފަ ވާކަން.