އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ގާނޫނީ ވަކީލު އައިކް އަހްމަދު އީސާ އަދި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ އިންތިހާބުވެއްޖެ އެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ނަތީޖާ ދައްކާގޮތުން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ޓީމުން ނެރުނު އައިކަށް ލިބިފައި ވަނީ 1360 ވޯޓެވެ. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ޓީމުން ނެރުނު އަރުޝަމް އަބްދުﷲ އަށް ލިބިފައި ވަނީ 813 ވޯޓެވެ.
އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރި ޒާޔާއަށް 2155 ވޯޓު ލިބުނުއިރު، މަރިޔަމް އީމާ ޝަފީގުއަށް ލިބިފައި ވަނީ 1527 ވޯޓެވެ. ޒާޔާ އިންތިހާބުގައި ވާދަކުރީ ފައްޔާޒުގެ ޓީމުންނެވެ.
އަންހެނުންގެ ރޫހުގެ މެންބަރު ކަމުގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ކާމިޔާބު ކުރީ ފައްޔާޒުގެ ޓީމުންނެވެ. އެއީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާ އާއި އާމިނަތު މާސާ ހަސަންގެ އިތުރުން ރީސާ އަހްމަދު އެވެ. އެ އިންތިހާބު ކާމިޔާބުކުރި ރިޒްނާ ޒަރީރު އާއި ޒަހުރާ މޫސާ އަކީ ފައިސަލްގެ ޓީމުން ތާއީދު ކުރި ކެންޑިޑޭޓުންނެވެ.
ޒުވާނުންގެ ހިތްވަރުގެ މެންބަރުންގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުނަކީ ފައްޔާޒުގެ ޓީމުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އެއީ އައިޝަތު ޝިމަން އަހްމަދު އާއި މުހައްމަދު ހަމާއިދު އަބްދުލްޣަނީ އާއި އަހްމަދު އަހްނަފް ފިރާގުގެ އިތުރުން އަލީ މުއައްވަޒެވެ.
އަތޮޅުތަކުގެ ގިނަ ރަށްތަކުން ވެސް ފައްޔާޒުގެ ޓީމުން ވަނީ ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ.
ބެލާ ހަދީދްގެ ސިއްހީ ހާލަތު އާއްމުކޮށް ހާމަކޮށްފި
ފައްޔާޒުގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި
ސިމްނާގެ ރަހަތަކުގައި ހިމެނެނީ ހިތްވަރާއި ކެރުން!
