މާލޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިސްލާމީ މަރުކަޒުގައި ރޭ ފަތިސް ނަމާދު ބަންގި ނުގޮވާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިސް ނަމާދަށް އެހެން މިސްކިތްތަކުން ބަންގި ގޮވިއިރު ވެސް އިސްލާމީ މަރުކަޒުން ބަންގި ނުގޮވަ އެވެ. އަދި އިމާމަކު ވެސް ނުދެ އެވެ.
އެހެން ވަގުތުތައް ދިއުމުން އެވަގުތު ނަމާދަށް ގޮސްތިބި މީހުންގެ ތެރެއިން އެކަކު އިސްވެވަނީ އިމާމު ވެސް ފަތިސް ނަމާދުކޮށްފަ އެވެ. އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ރޭ ބަންގި ނުގޮވާކަން ކަށަވަރުކޮށްދީފަ އެވެ. .
އިސްލާމީ މަރުކަޒަށް ރޭ ފަތިސް ނަމާދަށް އިމާމަކު ގޮސްފައި ނުވަނީ ޑިއުޓީ ޝެޑިއުލަށް އޮޅުމެއް އަރައިގެންނެވެ.
އެނގިފައިވާ ގޮތުގައި ފަތިސް ނަމާދަށް ބަންގި ގޮވާނެ އިމާމަކު މިސްކިތައް ނައިީ އެއް އިމާމެއް ޗުއްޓީ ނެންގެވުމުން ޑިއުޓީއަށް އެރި އޮޅުމެއްގެ ސަބަބުންނެވެ.
ދަރިފުޅު ސްކޫލަށް ނުދާން ބޮޑާ ހާކަނީތަ؟
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
މެންބަރުންނަށް އިންޝުއަރެންސް ލިބުން ދަތިވެ، އެލައިޑް މަޖިލީހަށް
އޮޅުމެއްއަރައިގެންމިނިސްޓަރ އަންހެނުންގެ ވަރިއެއްނުކުރެވޭތަ