އިދިކޮޅު ކޯލިޝަނުން "ނޭވާ ހޮޅިޔަށް" މިނަމުގައި އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި އެންމެން އަދިވެސް ތިބީ ދޫނިދޫގައި ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން ބުނީ އިއްޔެ ހައްޔަރު ކުރި އެންމެން އަދިވެސް ދޫނުކުރާ ކަމަށާއި އެ މީހުންގެ މުއްދަތު މަޖިލިސް މިހާރު ކުރިއަށް އެބަދާ ކަމަށެވެ.
މުޒާހަރާގެ ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި ކައުންސިލް މެމްބަރުން ވެސް ހިމެނެ އެވެ. ޕީޕީއެމުން ބުނީ ޖުމްލަ 17 މީހުން މުޒާހަރާ ތެރެއިން ހައްޔަރު ކުރި ކަމަށެވެ.
އިއްޔެގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ދާން ހުރި މަގުތައް ވެސް ބަންދުކޮށް، ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އަދި ރަށްރަށުން މުޒާހަރާއަށް އަންނަން އުޅަނދު ފަހަރުގައި އައި މީހުންނަށް މާލެއަށް އެރުނަ ނުދިނުމަށްޓަކައި ސަލާމަތީ ބާރުތަކުން ދިޔައީ ފަޅު ތެރޭގައި ވެސް ޕެޓްރޯލް ކުރަމުން ނެވެ.
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
ގޭގަ ތިބިނަމަ ތިހެން ނުވާނެ