ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް ޓަވަރެއްގެ ތިންވަނަ ފަންގިފިލާއިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަމާން އުދަރެސް ޓަވަރު ދޭއްގެ ތިންވަނަ ފަންގިފިލާއިން ބޭރަށް ކުއްޖަކު ވެއްޓުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:35 އެހާކަންހާއިރު އެވެ.
އެ ހާދިސާގައި އަނިޔާވި ދިވެހި އަންހެން ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ވެއްޓުނު ކުއްޖާ ގައިމަތީގައި ފޮތިގަނޑެއް އަޅާފައިވާއިރު، އެ ކުއްޖާ ކައިރީގައި ފުލުހުންނާއި އާންމުންގެ ދެތިން އަންހެނަކު ހަރަކާތްތެރިވަމުން ދިޔަ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓުތަކާއި ނުރައްކާތެރި ހާދިސާތައް އިތުރުވެފައިވާއިރު، މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެމުންދެ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިނަރެސް ފްލެޓުތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖާއަށް އަދިވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންނެވެ.
އެމްޑީޕީން ސިލްސިލާ ހަރަކާތަށް ނުކުންނަން ގަރާރެއް ހުށަހަޅަނީ
ކުއްޖާ އަނިޔާވި އެކްސިޑެންޓް: ހެކި ހޯދަން ދެ ކާރު ޓޯކޮށްފި