ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އިތުރުފުޅު ހައްދަވާފައިވާތީވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ފިޔަވަޅު އެޅުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މައްސަލައެއް ހުށައަޅުއްވައިފި އެވެ.
އާދަމް ޝަރީފް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް ތެދުބަހުން ޖަވާބު ދޭން ޖެހޭނެކަމަށް ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.
ކޯޓުތަކުގައި މައްސަލަތައް ލަސްވުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީ 2022 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށާއި، އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން، އިންތިޒާމްވެގެން ކުރާކަމެއްގެ ގޮތުގައިކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ލިޔުމުން ކުރެއްވި ސުވާލަކަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ފޮނުއްވި ޖަވާބުގައިވަނީ ، ގަސްތުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ނެތްކަމަށެވެ.
އިމްރާންގެ މިޖަވާބާ ގުޅިގެން، ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާކަމަށް މަޖިލީހުގެ ރިޔާސަތުން ފާހަގަ ކުރައްވާފައިވާތީވެ، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމުގެ ސަބަބުން އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ނުވަތަ ހޯމް މިނިސްޓަރ ޢިމްރާން ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާ ހިލާފުވެފައިވާކަމަށް ގަބޫލު ކުރެވޭތީވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ޤާނޫނުއަސާސީއާ ހިލާފުވެފައިވާ ވަޒީރު ދެނެގަނެ، އެ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފަ އެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގެން ބަހުސް ކުރުމަށް ފާސްވީ މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކުގަ އެވެ. މިމައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. ބަހުސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ.
އާދަމްމެންވެސް ރައްޔަތުންގެ މަޖުލިސް ފާރު މަތިން މެންބަރުން އުކި ހަދާނެއް ނެތްދޯ