އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ހއ. ހޯރަފުށީ އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އަޅައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރީސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހުގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމެވެ.
އެ މަޝްރޫއަކީ ހޯރަފުށީ ކައުންސިލާއި މެމްބަރު ސަލީމްގެ އެދިވަޑައިގަތުމަކަށް އެމްޓީސީސީން ކުރަން ނިންމި ކަމެކެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މަޝްރުއުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި، ހިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.
"ރާއްޖޭގެ މުސްތަގުބަލް ކަމުގައިވާ ޅަ ދަރިންގެ އިލްމު ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ސަގާފަތުގައި ހިމެނޭ ކަމެއް،" އެމްޓީސީސީން ބުންޏެވެ.
ޖީން ތެރަޕީއިން ކޮލެސްޓްރޯލް މަތިވުމަށް ދާއިމީ ފަރުވާއެއް؟
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
