ހުޅުމާލޭގެ ގެއެއްގެ ބެލްކަނިން ރޭ ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ޕިކްޕޯސްޓް ކައިރީ ހުރި ގެއެއްގެ ފަސް ވަނަ ފްލޯއިން ކުޑަކުއްޖަކު މަގުމައްޗަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ 12:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ ކުއްޖާއަށް ހުޅުމާލޭ ހޮސްޕުޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
އެ ފިރިހެން ކުއްޖާ ވެއްޓުމުން ހޮސްޕިޓަލަށް ގެންދިޔައީ އެވަގުތު އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ޕިކަޕަކުންނެވެ.
އުފާވެރި ކައިވެންޏެއްގެ ސިއްރު އަބީޝޭކް ބުނެދީފި
ރަންވީރާއި ފަރްހާންގެ ކޯޅުން ނިމި ސުލްހަ ވީތަ؟
އަނެއްކާ ވެސް ޓިކެޓް އަގު ބޮޑުކޮށް އިތުރު ކެޓަގަރީތަކެއް
