އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ނުވަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ހަ މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހާދީފަ އެވެ. އަދި ބާކީ ތިބި ތިން މީހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުން އެ މީހުން ހައްޔަރުކުރިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައެއް ވަޒީރުންނާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ތިއްބެވީ އައްޑޫ ސިޓީގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހަ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވުމުން ކަމަށެވެ. އެ މުއްދަތު އިއްޔެ އަށް ހަމަވިއިރު ބަންދުގައި ތިބި އެންމެން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ ކޯޓަށް ހާޒިރުނުކޮށެވެ.
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
ކާތިކްގެ "ނާގްޒިލާ" ފަސްކޮށްފި
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި