ސަރުކާރު ހިއްސާވާ ކުއްފުނި މިފްކީ އިން ހިންގަމުން އަންނަ ކޫއްޑޫގައި މަސްވެރިން ކުރަމުން އަންނަ ހަޅުތާލަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރު ދެއްވައިފި އެވެ.

މަސްވެރިން ކުރަމުން އަންނަ ހަޅުތާލަށް ހިއްވަރު ދިނުމުގެ ގޮތުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ބޮޑުބެރު ލަވައެއް ހިމަނުއްވާފަ އެވެ.

ރައީސް ނަޝީދު ވަނީ މަސް ކިރޭނެ ގޮތް ހޯދޭނެ ކަމަށް ވިދާޅުވެ މަސްވެރިންނަށް ހިއްވާރު ދެއްވާފަ އެވެ. އަދި ރައީސް ނަޝީދުގެ މި ޓުވީޓްގައި ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ ބޮޑުބެރު ލަވައެއް ކަމަށްވާ "ބާރަށް ދުއްވާ" ލަވަ ވެސް ހިމަނުއްވާފަ އެވެ.

މަސްވެރިން ބާނާ މަސް ނުކިރި މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވާތީ މިދިޔަ ހަފްތާގައިި ވެސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ކޫއްޑޫގައި މަސްވެރިން އިހްތިޖާޖުކޮށް ކޫއްޑޫގެ އޮޕަރޭޝަން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

މިދިޔަ ހަފްތާގައި ފިސަރީޒް މިނިސްޓަރު ހުސައިން ރަޝީދު ވެސް ވަނީ މަސްވެރިންގެ ޝައުވާތައް އަޑު އެހުމަށް ކޫއްޑޫއަށް ވަޑައިގަތްފަ އެވެ.