ކޯޓުގައި މަސައްކަތްކުރާނެ މާހައުލެއް ނެތުމުގެ އިތުރުން ޒާތީ ގޮތުން ފިއްތުންތައް ކުރިމަތިވާ ކަމަށް ބުނެ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
މުލްހާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން އޮފީހަށް ނިކުންނަން ފެށި ފަހުންނެވެ.
މެޖިސްޓްރޭޓް ކަމުގެ މަގާމުން މުލްހާ ސަސްޕެންޑްކުރީ ޖުލައި މަހުގެ ހަވަނަ ދުވަހު އެވެ. ޖޭއެސްސީން ދިޔައީ މުލްހާގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި ފުލުހުން ހިންގި ތަހުގީގަކަށް ހުރަސް އަޅައި ހެކި ނައްތާލުމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނެ އެވެ.
އޭނާ އިސްތިއުފާ ދެއްވީ ސަސްޕެންޝަން އުވާލިޔަސް އޮފީހުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުގެ އިތުރުން ޒާތީ ގޮތުން ފިއްތުންތައް ކުރިމަތިވާތީ ކަމަށް އެނގިފައިވެ އެވެ. މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ މުލްހާ، މެޖިސްޓްރޭޓް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޮކްޓޫބަރު 28، 2018 ގަ އެވެ.
ފަހަކަށް އައިސް ޖޭއެސްސީގެ ޕްރެޝަރު ބޮޑުވެގެން ބައެއް ފަނޑިޔާރުން ގެންދަވަނީ އަމިއްލައަށް އިސްތިއުފާ ދެއްވަމުންނެވެ.
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
ސްޕައިޑަ މޭންގެ މާސްކް ބާލަން ޓޮމް ތައްޔާރު ވަނީ؟
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
