ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓުވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.
އެމަނިކުފާނުގެ ޓުވިޓާ އެކައުންޓް ޕީޕީއެމްގެ އޮފިޝަލް ޓުވިޓާއިން ވަނީ މީޑިއާތަކަށް ހިއްސާކޮށްފަ އެވެ.
ރައީސް ޔާމީންގެ ފުރަތަމަ ޓުވީޓަކީ ދިވެހި ގައުމީ ދިދަ ޕޯސްޓު ކުރައްވާ ކުރެއްވި ޓުވީޓެކެވެ. އެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ދިވެެއްސަކަށް ވީތީ ފަޚުރުވެރިވާ ކަމަށެވެ.
މިހާރު އެމަނިކުފާނުގެ ޓުވިޓާ 3،500 އަށްވުރެ ގިނަ މީހުން ވަނީ ފޮލޯ ކޮށްފަ އެވެ. މީގެ ކުރިން ރައީސް ޔާމީން ސޯޝަލް މީޑިއާ އެކައުންޓެއް ބޭނުން ނުކުރައްވަ އެވެ. ނަމަވެސް އެމަނިކުފާނުގެ ނަންފުޅުގައި ވަރަށް ގިނަ އެކައުންޓްތައް ސޯޝަލް މީޑިއާގައި ގެންގުޅެ އެވެ.
ޕީޕީއެމުން ބުނީ ރައީސް ޔާމީން ޓުވިޓާ އެކައުންޓެއް ބޭނުންކުރައްވަން ފެއްޓެވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ކުރީގެ ހުރިހާ ރައީސުން ވެސް މިހާރު ޓުވިޓާ ބޭނުންކުރައްވަ އެވެ.
ހިޔާ ޓަވަރެއްގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި
ގައުމީ ޔުނިވާސިޓީއާއީ ދިރާގުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއް
ޑްރަގާއި އެކު 4 މީހުން ހައްޔަރުކޮށްފި