ހަންގަނޑުގެ އެކި ތަންތަން ކަޅުވުމަކީ އަހަރުމެންގެ ތެރޭގައި އާއްމު ކަމެކެވެ. ހާއްސަކޮށް އުޅަނބޮށްޓާއި ކަކުލުގައި ކަޅުވުން ގިނަ އެވެ. މި ލިޔުމުގައި މި ބަލާލަނީ އުޅަނބޮށްޓާއި ކަކޫ ކަޅުވާނަމަ ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ލުނބޯ

ލުނބޯގައި ހުންނަ ހުތަކީ އެސިޑް އެކުލެވޭ އެއްޗަކަށް ވުމާއެކު ހަންގަނޑުގެ މަރުވެފައިވާ ބައިތައް ތާޒާވެ ހަންގަނޑު އަލިކޮށްދެ އެވެ. ލުނބޮލެއްގެ ހުތް ނެގުމަށްފަހު ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅަމުން 10 މިނެޓް ވަންދެން މަސާޖް ކުރާށެވެ. މިގޮތަށް ތަކުރާރުކޮށް ހުތުން މަސާޖްކުރާނަމަ ވަރަށް އަވަހަށް ނަޓީޖާ ފެންނާނެ އެވެ. މަސާޖްކުރުމަށްފަހު ދޮންނާނީ ތާފަނާ ފެނުންނެވެ.

އަލޯވެރާ

އުޅަނބޮށި އަދި ކަކޫ ކަޅުވެފައި ހުރުމުން އާންމުކޮށް އެސަރަހައްދެއްގެ ހަންގަނޑު ހިކި ކުރަކިވެ އެވެ. އަލޮވެރާ ފަތަކުން ޖެލްނެގުމަށްފަހު ކުރަކިވެފައިވާ ސަރަހައްދުގައި އުނގުޅަމުން 20 މިނެޓްވަންދެން މަސާޖްކުރާށެވެ. ދެން އައިސްފެނުން ދޮވެލާށެވެ. ހަންގަނޑު ރީތި ވަންދެން މިގޮތަށް މަސާޖް ކުރާށެވެ.

ކާށިތެޔޮ

ކާށިތެލުގައި ހުންނަ ވިޓަމިންތަކުން ހަންގަނޑު އޮމާންކޮށް ރީތިކޮށް ކުރަކިވުމުން ދުރުކޮށްދެ އެވެ. އެހެންކަމުން ކާށިތެޔޮ އުނގުޅުމަށްފަހު ހަންގަނޑުގެ ތެރެއަށް ތެޔޮ ވަންނަންދެން މަސާޖް ކުރާށެވެ. އެއަށްފަހު ހޫނުފެނުން ފެންވަރާށެވެ. ފެންވެރުމަށް ސައިބޯނި ބޭނުން ނުކުރުން ރަނގަޅެވެ.

އޮލިވް އޮއިލް

އަދި ހަކުރުއޮލިވް އޮއިލް އަދި ހަކުރު އެއްކުރުމަށްފަހު ތައްޔާރު ކުރާ ބޮޑީ ސްކްރަބަކީ ހަންގަނޑަށް ވަރަށް ގިނަފައިދާތައް ލިބިގެންދާނެ ސްކްރަބެކެވެ. މި ސްކްރަބުން ހަންގަނޑު ސާފުކޮށް މަރުވެފައިވާ ހަންތައް ނައްތާލަދޭނެ އެވެ. މި ސްކްރަބް ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ހަންގަނޑުގެ ކަޅުވެފައިވާ ތަންތަން އަލިކޮށްދޭނެ އެވެ.

ރީނދޫ

ރީނދުލަކީ މަޝްހޫރު އެންޓިސެޕްޓިކެކެވެ. ހަންގަނޑުގެ ގިނަ ބަލިތަކަށް ރަނގަޅު މި ސްޕައިސް އިން ޕޭސްޓް ތައްޔާރުކޮށްފައި ކަޅުވެފައިވާ ސަހައްދުތަކުގައި އުނގުޅާށެވެ. 10 މިނެޓް ހަމަވުމުން ފިނިފެނުން ދޮވެލާށެވެ.