މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކައިވެނިކުރި ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަށް ދަރިޔަކު ލިބެން އުޅޭ ވާހަކަތައް ދޮގުކޮށްފި އެވެ.

ވަރަށް ސިއްރުން ދެމީހުން ރައްޓެހިވެގެން އުޅުމަށް ފަހު ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ކެޓްރީނާ ބަލިވެއިންކަމުގެ ވާހަކަތަކެއް މީގެ މަހެއްހާ ދުވަސް ކުރިން ވެސް ދެކެވިފައިވެ އެވެ. ކެޓްރީނާގެ ވަރަށް ގާތް ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނާ އިނީ ހަގީގަތުގައި ވެސް ބަލިވެކަމަށާއި އެކަމާ ދެ ފަރާތުގެ އާއިލާ އިން ވެސް ވަރަށް އުފަލުން ތިބި ކަމަށެވެ.

ކެޓްރީނާ ބަލިވެއިންކަމުގެ ވާހަކަ ހޫނުކޮށް ދެކެވެމުން އަންނަ އިރު، އެވާހަކަތައް ކެޓްރީނާ ޓީމުން ވަނީ ދޮގުކޮށްފަ އެވެ.

https://www.instagram.com/p/CdSLS4WMRfu/

ކެޓްރީނާ އާއި ވިކީ ވަނީ މިފަހުން ނިއުޔޯކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

އެ ދެ ތަރިން ވެސް މިވަގުތު އުޅެމުން އަންނަނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ. ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3" އަދި "ފޯނު ބޫތު" ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީއާ "މެރީ ކްރިސްމަސް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކެޓްރީނާ އޮތީ ފަށައިފަ އެވެ.

https://www.instagram.com/p/CbPJsautGAk/

ވިކީ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގޯވިންދާ ނާމް މެރާ" އަދި ވައިއާރްއެފްގެ ފިލްމެއްގެ އިތުރުން ޕްރޮޑަކްޝަންގެ މަސައްކަތް ކުރަމުން އަންނަ "ރައުލާ" އެވެ.