ބައެއް މީހުން އަބަދުވެސް ވަކި ވަގުތެއްގައި ބަނޑުހައިވާތީ ޝަކުވާ ކުރެ އެވެ. އެންމެ ގިނައިން ބަނޑުހައިވާ ކަމަށް ގިނަ މީހުން ޤަބޫލު ކުރަނީ ހަވީރު ވަގުތު ތަކުގަ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ހަވީރުގެ ވަގުތު ތަކުގައި ބަނޑުހައިވުމަކީ ހޯމޯންއެއްގެ ސަބަބުން ކަމެކެވެ. "ހަންގާ ހޯމޯން" ނަމަކަށް ކިޔާ މިހޯމޯންއަކީ ބަނޑުހައިހޫނުކަން އިޙްސާސް ކޮށްދިނުމަށާއި މިހާ ލޮޑު ކޮށްލުމަށް ހަށިގަނޑުން އުފައްދާ ހޯމޯން އެކެވެ.

މިހޯމޯންގެ ސަބަބުން ކެއުމަށް ބާރުއަޅަަ އެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ހޯމޯން ބޮޑަށް ހަށިގަނޑުގެ ތެރެއަށް ދޫވަނީ ހަވީރުގެ ވަގުތު ތަކުގަ އެވެ. ވަކިން ޚާއްސަކޮށް އިރުއޮއްސޭ ގަޑީގަ އެވެ.

މީހާގެ ހަށިގަނޑަށް އިރުއޮއްސޭ ވަގުތު ވަރުބަލިކަން އިޙްސާސްވަނީ މިސަބަބާ ހުރެ އެވެ. އެހެން ކަމުން މެންދުރުފަހު ކޮންމެވެސް ވަރަކަށް ކެއުން ބުއްދިވެރި އެވެ. އެގޮތުން އިރުއޮއްސޭ ވަގުތު މާގިނައިން ކެއުމުން ދުރުވެވޭނެ އެވެ.

މިވަގުތު ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ސަބަބަކީ މިވަގުތު މާގިއިން ކައިފިނަމަ ހަށިގަނޑު ފަލަވެ، އިތުރު ބަލިތަކާއި ކުރިމަތި ލާންޖެހިދާނެތީ އެވެ.

ކެއުމަށް ސަމާލުވުމުގެ އިތުރުން މިވަގުތު ކަސްތަރު ކޮށްލުމަކީވެސް ބުއްދިވެރިކަމެކެވެ ކަމެކެވެ. މިވަގުތު ހަށިގަނޑުން ތަފާތު އެތައް ހޯމޯން އެއް ރިލީސް ކުރާނެ އެވެ.