ކައިވެނީގެ ހަފްލާގެ ފޮޓޯ ނަގާނެ ފޮޓޯގްރާފަރެއް ނުހޯދާ ކަމަށް ބުނެ އިންޑިއާގެ އަންހެނަކު ކައިވެނި ހަފްލާގެ ތެރެއިން ބައިވެރިޔާާއާ ކައިވެނި ކުރަން ދެކޮޅު ހަދައިފި އެވެ.
އިންޑިއާގެ ކާންޕޫރުގައި ކުރިއަށް ދިޔަ މި ހަފްލާ ކަވާ ކުރާނެ ފޮޓޯގްރާފަރަކު ހޯދާފައި ނުވަނީ ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ ހަނދާން ނެތިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފޮޓޯގްރަފީ ނޫން ހުރިހާ ކަމެއް ރަނގަޅަށް ދިޔަ އެ ހަފްލާއަށް ފޮޓޯގްރާފަރެއް ނާންނަކަން އެނގުމުން ކައިވެނި ކުރަން އުޅުނު އަންހެން މީހާ ވަނީ ކައިވެނި ރޫޅާލައި އެތަން ވެސް ދޫކޮށް ގޮސްފަ އެވެ.
އޭނާ ބުނީ ކައިވެނީގެ ހަފްލާއަށް އެހާ ފަރުވާ ކުޑަނަަމަ ޒަވާޖީ ހަޔާތެއްގައި ވެސް އެ ފަރުވާ ކުޑަކަން ފެންނާނެ ކަމަށެވެ.
އަންހެން މީހާ ކައިވެންޏަށް ރުއްސަން އާއިލާއާއި ރައްޓެހިން މަސައްކަތް ކުރި ނަމަވެސް އޭނާގެ ނިންމުން ބަދަލު ނުކުރާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި އެކި ސަބަބުތަކާހުރެ ކައިވެންޏަށް ދެކޮޅު ހަދާ އަންހެނުންގެ އަދަދު ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަަށް އިތުރުވެފަ އެވެ.