ކޮންޓެކްޓް ލެންސަކީ މިޒަމާނުގައި ވަރަށް އާއްމު އެއްޗެކެވެ. އެހެން ނަމަވެސް ބޭނުން ކުރަން ޖެހޭ ގޮތަށް ބޭނުން ނުކޮށް ފަރުވާ ކުޑަ ކުރެވިއްޖެނަމަ އެއީ ހަށިގަނޑުގެ އެންމެ ނާޒުކު އެއް ގުނަވަން ކަމަށްވާ ލޮލަށް ނުހަނު ގެއްލުންހުރި އެއްޗެކެވެ.
އެގޮތުން ކޮންޓެކްޓް ލެންސް ލައްވައިގެން ނިދުމަކީ މިފަދަ އެއް އާދަ އެވެ. ބުރަ ދުވަހަކަށްފަހު ގެއަށް އައިސް އޮށޯވެ ލެވެނީ ލެންސް ނުނަގަ އެވެ. ދެން ފެންނަނީ ނިދިފައި އޮންނަ ތަނެވެ.
ކޮންޓެކްޓް ލެންސްއާ އެއްކޮށް ނިދައިފި ނަމަ މައިކްރޯބިއަލް ކެރަޓައިޓިސް ނަމަކަށްކިޔާ ބެކްޓީރިއާއެއް ލޮލުގައި އުފެދެން މެދުވެރިވެ އެވެ. މި ބެކްޓީރިއާ މާ ބޮޑަށް ލޮލުގައި އާލާވެއްޖެ ނަމަ ލޯ ފުސްވެ ފެނުމަށް ނޭދެވޭ އަސަރު ކުރެ އެވެ.
މިގޮތަށް ލެންސް ލައްވައިގެން ނިދުމުން ދިމާވެދާނެ ހިތާމަވެރި ހާދިސާތައް އިންޓަނެޓުން އަބަދުމެ އަހަރުމެންނަށް ފެނެ އެވެ. ލެންސް ލޮލަށް ވިރުމާއި ލޯ ފުއްޕުމާއި ލޮލުގެ ފެނުން ގެއްލުން ފަދަ ކަންކަމަކީ ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި ހުރި ކަންކަމެވެ.
ކޮންޓެކްޓް ލެންސް ބޭނުންކުރާ ފަރާތްތަކަށް މިއީ އިންޒާރެކެވެ. މިކަހަލަ ކުދި ކުދި ކަންކަމަށް ފަރުވާކުޑަ ކުރެވުމުގެ ނަތީޖާ ހިތި ވެދާނެ ކަމަށް ބަލައި ސަމާލުވުން މުހިއްމެވެ.