އަނިޔާއެއް ވެގެން، ތަންތަން ހަލާކުވުމުން ޑޮކްޓަރު ބޭސް ބޭނުންކުރި ނަމަވެސް އެތަން ރަނގަޅުވާން ދުވަސް ނަގާނެ އެވެ. ނަމަވެސް ޕްރޮޓީންސް، ވިޓަމިން ސީ އަދި ޒިންކު ހިިމެނޭ ކެއުންތަކުން ހަލާކުވެފައިވާ ހުންނަ ތަންތަން އަވަހަށް ފަސޭހަ ކޮށްދެ އެވެ.

ބަދަން

އެކި ކަހަލަ ބަދަނަކީ ޕްރޮޓީންސް ގިނަ އަދަދަކަށް ހުންނަ އެއްޗިއްސެވެ. އެގޮތުން ޕީނަޓްސް، ކެޝޫ އަދި އެލްމަންޑަކީ ގިނަ އަދަދަކަށް ޕްރޮޓީންސް އެކުލެވޭ ބަދަނުގެ ވައްތަރުތަކެވެ. އާންމު ދިރިއުޅުމުގައި އުޅޭއިރު ޗިޕްސް ފަދަ އެއްޗެހި ކެއުމުގެ ބަދަލުގައި ތިމާ އިހްތިޔާރު ކުރާ ވައްތަރެއްގެ ބަދަނެއް ކާލުން ރަނގަޅެވެ.

ބިސް

ބިހުގައި ޕްރޮޓީންސްގެ އިތުރުން ވިޓަމިން ބީ2، ބީ6 އަދި ބީ 12 ހިމެނެ އެވެ. ވިޓަމިން ޑީ އާއީ އަޔަން އަދި މިނަރަލްސް ހިމެނޭ ބިސް، ގިނައިން ކާނަމަ ކާންވާނީ ބިހުގެ ހުދު ބައެވެ. ތަނެއް ހަލާކުވެއްޖެނަމަ ކޮންމެ ދުވަހަކު 2 ނުވަތަ 3 ބިސް ކާނަމަ އަވަހަށް އެތަނެއް ރަނގަޅުވާ ކަމަށްވެ އެވެ.

ކިރު

ހަށިގަނޑު ވަރުގަދަ ކޮށްދޭން ބުއިން އެންމެ ރަނގަޅު އެއްޗަކީ ކިރެވެ. ޕްރޮޓީންސް އިން މުއްސަނދި ކޮންމެ ވައްތަރެއްގެ ކިރެއް އިހްތިޔާރު ކުރެވިދާނެ އެވެ. އެގޮތުން ސޯއީ މިލްކު، އެލްމަންޑް މިލްކު އަދި ކާށި ކިރަކީ ވެސް ޕްރޮޓީންސް ގިނަ ބާވަތްތަކެވެ.