ބޮލީވުޑްގެ މަގުބޫލު ބަތަލާ އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިންގެ ތެރެއިން ވަގުތު ހޯދުމަށް ފަހު ރަންބީރުގެ އާއިލާ މެންބަރުންނާ ބައްދަލުކޮށްފި އެވެ.

އާލިއާ މިހާރު އަންނަނީ ޔޫކޭގައި އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ކަމަށްވާ "ހާޓް އޮފް ސްޓީން"ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ.

މިއަހަރު އޭޕްރިލް މަހު ރަންބީރު ކަޕޫރާއި ކައިވެނި ކުރިފަހުން ދެތަރިންވެސް ވަރަށް ބިޒީކޮށް އުޅެމުން އަންނަ އިރު ދެމީހުން ތިބީވެސް ދެ ގައުމުގަ އެވެ. އާލިއާ މިހާރު ހުރީ ޔޫކޭގަ އެވެ. އާލިއާ މިވަގުތު އަންނަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ކަމަށްވާ "ހާޓް އޮފް ސްޓީން"ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ.

މިފިލްމުގެ ޝޫޓިންގެ ތެރެއިން ވަގުތު ކޮޅެއް ހޯދައިގެން ޔޫކޭގައި ދިރިއުޅޭ ރަންބީރުގެ އާއިލާ މީހުންނާ އާލިއާ ވަނީ ބައްދަލުކޮށްފަ އެވެ. އަދި އެ މެންބަރުންނާއެކު ރޭގަނޑުގެ ކެއުމަކަށް ވަނީ ގޮސްފަ އެވެ.

މި ކެއުމުގައި ކަޕޫރު އާއިލާގެ ބައެއް މެމްބަރުންގެ އިތުރުން އަމިތާބް ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން ވެސް ބައިވެރިވި އެވެ.

މީގެ އިތުރުން ހަމަ މި ޕޯސްޓުގައި އާލިއާ އާއި ސައިފް އަލީ ޚާން ބައްދަލު ވާތަންވެސް ފެނިގެން ދެއެވެ. ސައިފް އަކީ އާލިއާގެ ޅިޔަނެކެވެ.

އާލިއާ އާއި ރަންބީރުގެ އަލަތު ފިލްމު "ބްރަމަސްތުރާ" 5 އަހަރަށް ފަހު މިއަހަރު ސިނަމާތަކަށް ސެޕްޓެމްބަރުގައި އަންނާނެ އެވެ.