ބޮލީވުޑަކީ ހުނަރުވެރި ތަރިން ގިނަ ފިލްމް އިންޑަސްޓްރީއެކެވެ. އެގޮތުން އެ ތަރިން ހުނަރު އަންނަނީ ފިލްމުތަކުން ލިބޭ ރޯލުން ދައްކާލަމުންނެވެ. އަދި ބައެއް ފަންނާނުން ވަނީ އެމީހުންނަށް ފިލްމުތަކުން ލިބިގެންދިޔަ ރޯލާ މެދުގައި ހިތްހަމަނުޖެހިގެން ދޫށްވެސް ކޮށްލާފަ އެވެ.

މިފިލްމުގެ އެންމެ ފަހު ވަގުތުވެސް އެފިލްމުން ބައެއް ތަރިން ވަނީ ވަކިވެގެން ގޮސްފަ އެވެ. އެގޮތުން ބައެއް ފިލްމުތަކުން ވަކި ވެގެން ދިޔަ ތަރިންނަށް ބަލާލަމާ ހިނގާށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޔަޝް ރާޖްގެ "ޕްރިތްވިރާޖް"ގެ ރޯލަށް އެންމެ ފުރަތަމަ ހަމަޖައްސަން އުޅުނީ ސަނީ ޑިއޯލެވެ. އެހެން ނަމަވެސް ފިލްމު އުފައްދާ ފަރާތުން އެންމެ ފަހު ވަގުތު ވަނީ އެރޯލު އަކްޝޭ ކުމާރަށް ދީފަ އެވެ.

https://www.instagram.com/p/CeyBFKvMlMe/?hl=en

ޒުވާން އެކްޓަރު ކާރްތިކް އާރިއަން ލީޑް ރޯލުން ފެނިގެންދިޔަ "ޕަތީ ޕަތުނީ އައުރް ވޯ" ގެ ފުރަތަމަ ލީޑަކީ ތާޕްސީ ޕަންނޫ އެވެ. އެހެންނަމަވެސް ފަހުން އޭނާގެ ބަދަލުގައި ބޫމީ ޕެޑްނޭކަރަށް ވަނީ ބަދަލުކޮށްފަ އެވެ.

https://www.instagram.com/p/Ce4Aw7TLb6-/?hl=en

ކަރަން ޖޯހަރުގެ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2" އިން ކާރްތިކް އާރިއަން ވަނީ ބޭރުކޮށްފަ އެވެ. އެފިލްމުން ކާތިކް ބޭރުކުރީ އޭނާ މާ ބޮޑެތި ޑިމާންޑްތައް ކުރާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި "ދޯސްތާނާ 2 " އަކަށް ވަކި ފަންނާނެއް ހަމައެއް ނުޖައްސަ އެވެ.

https://www.instagram.com/p/CfEsxmJN7wQ/?hl=en

ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދި "ކަބީރު ސިންގް" ލީޑް އެކްޓަރަ އެންމެ ފުރަތަމަ ހަމަޖެއްސީ އަރްޖުން ކަޕޫރެވެ. އެންމެ ފަހު މިފިލްމު އުފެއްދި ފަރާތުން އަރްޖުންގެ ބަދަލުގައި ޝާހިދު ކަޕޫރު ހަމަޖެއްސީ އޭނާއަށް "ކަބީރު ސިންގް"ގެ އެންމެ ފުރިހަމައަށް އަދާކުރެވޭނެ ކަމަށް ބަލާފަ އެވެ. އެކަން ޝާހިދު ވަނީ ހާމަކޮށްދީފަ އެވެ.

https://www.instagram.com/p/CfB9BnPoaoJ/?hl=en

މިނޫނަސް ބައެއް ތަރިން ވަނީ ފިލްމިތަކުން ބަދަލުކޮށްފަ އެވެ. އެގޮތަށް ބަދަލު ގެނައުމުގެ ސަބަބުން ފިލްމުތައް ކާމިޔާބުވެފައިވެސް އެބަހުއްޓެވެ. އަދި ނާކާމިޔާބީއާވެސް ކުރިމަތިލާޖެހެ އެވެ.