އެކްޓަރު އައްލޫ އަރްޖުންގެ ބަރުދަން އިތުރުވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ދާދި ފަހުން އައްލޫ އަރްޖުން ވަނީ ކަޅު ކުލައިގެ ފަޓުލޫނަކާއި ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ދަނިކޮށް އާންމުންނަށް ފެނިފަ އެވެ. އަދި އޭނާގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެނާގެ ހަށިގަނޑަށް އައި ބަދަލު ގިނަ ބަޔަކަށް ވަނީ ފާހަގަވެފަ އެވެ.

އެގޮތުން އާންމުން ވަނީ އައްލޫއަކީ ވަޑާ ޕާވް "އިންޑިއާގެ ހެދިކާ" އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ތަރިންގެ ހަށިގަނޑަށް އަންނަ ބަދަލާއި ގުޅިގެން ސޯޝަލް މީޑިއާގައި އެތަރިންނަށް ފާޑުކިޔުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ.

އައްލޫ އަކީ ސައުތު އިންޑިއާގެ އެކްޓަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ތެލަގޫ ފިލްމު އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އަރްޖުން ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.

އައްލޫ އަރްޖުން ތެލަގޫ ފިލްމު އިންޑަސްޓްރީން އެންމެ ބޮޑަށް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވަނީ ތެލަގޫގެ "ބަނީ"، "އާރްޔާ" އަދި "ދެސާމުދުރޫ" އާއި "ޕަރުގޫ" ފަދަ ފިލްމުތަކުންނެވެ.