ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސައުތުގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައިގައި ދެބަޔަކު ނުބައި ރޯލު ކުޅެން ހަމަޖެހިފައިވާކަން ހާމަވެއްޖެ އެވެ.

ކޮވިޑަށް ފަހު ސައުތު އިންޑިއަން ސިނަމާތަކުގައި އެޅުވި ފުރަތަމަ ފިލްމަކީ އައްލޫ އަރުޖުންގެ "ޕުޝްޕާ" އެވެ. އަދި އެ ފިލްމު ރިލީޒްވުމާ އެކު ގިނަ ބައެއްގެ ތަރުހީބު ފިލްމަށް ލިބި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސުޕާހިޓަކަށް ފިލްމުވި އެވެ.

އެއާއެކު ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ޕުޝްޕާ ފިލްމުގެ ދެވަނަ ބައި ވެސް ނެރުމަށް ނިންމާފަ އެވެ. އެގޮތުން ޖޫން މަހުގައި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން ފަށާފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

ޕުޝްޕާގެ ދެވަނަ ބައިން ވެސް ބަތަލުގެ ރޯލުން އަރްޖުން ފެންނާނެކަމަށް ޕްރޮޑަކްޝަނުން ބުނެފައިވާއިރު، ޕުޝްޕާގެ ދެވަނަ ސީކުއެލްކަމަށްވާ "ޕުޝްޕާ، ދަ ރޫލް" ގައި ދުޥްމަނެއްގެ ރޯލު ކުޅޭ ދެވަނަ މީހާކަމަށް ހަމަޖެހިފައިވަނީ ސުކުމަރްކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަނުން މައުލޫމާތުދީފައިވެ އެވެ.

ޕުޝްޕާގެ ފުރަތަމަ ބައި އިންޑިއާގެ ފަސް ބަހަކުން ރިލީޒްކޮށްފައިވާއިރު، ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހުން އެ ފިލްމު ސިނަމާތަކުގައި އަޅުވާފައިވެ އެވެ. ފިލްމުގެ އަންހެން ލީޑްރޯލުން ފެނިގެން ދިޔައީ ރަޝްމިކާ މަންޑަންނާ އެވެ. އަރުޖުން އާއި ރަޝްމިކާގެ ޖޯޑަށްވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.