ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެޕްލައިކޮށްގެން ހިލޭ ކަނެކްޝަން އަދި ދިރާގު ޓީވީގެ ޖޯއި ބޮކްސް ވެސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން މިއަދު ބުނީ މި ޕްރޮމޯޝަން މިމަހުގެ 31ގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ މިހާރު ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ކަނެކްޝަނަށް އެޕްލައިކުރާ ފަރާތްތަކަށް ރައުޓަރުން ވެސް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ދިރާގު ޓީވީއަށް އެޕްލައިކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ވަޔަލެސް ކީބޯޑެއް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ އިތުރުން ދިރާގު ޓީވީގެ ހިމެނޭ ހުރިހާ ޗެނަލެއް އަންނަ ސެޕްޓެމްބަރު 30ގެ ނިޔަލަށް 350ރ. އަށް ބެލޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 87 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 85 ޕަސެންޓް ރަށަކަށް ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައި އެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯކް، ސްޓާގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ އެވެ.