ހުންނަނީ އަބަދުވެސް ކާހިތްވެފަ އެވެ. ހާއްސަކޮށް ލުއިކާނާއާއި ޖަންކް ފުޑްގެ ބާވަތްތަކެވެ. އެހެންނަމަވެސް ފަލަވެދާނެތީ ބިރުން ކިތަންމެ ކާހިތްވިއަސް ނޫނެކޭ ބުނެވޭތަން އާދެ އެވެ. ތިމާގެ ބައްޓަން ހަޑިވެ ބޮޑު ބަނޑެއް ލާފާނެތީ އެވެ.

ކާހިތްވާނަމަ މިތަކެތި ކާށެވެ. ކިތަންމެ ވަރަށް ކެއަސް މި ބާވަތްތަކިުން ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދޭނެ އެވެ.

ޕޮޕްކޯން

ޕޮޕްކޯން މިއީ ފިލްމެއް ބަލަން ވިއަސް ނުވަތަ އަނގަ ފޫހިފިލުވާލުމަށް ވެސް ދިވެހިންގެ ތެރޭގައި ވެސް ހަމަ ވަރަށް އާންމު އެއްޗެކެވެ. ގިނަ ފަހަރަށް ޕޮޕްކޯން މި ހަދަނީ ބަޓާ ނުވަތަ މާޖިރިން އަޅައިގެންނެވެ. އަދި އެއާއެކު ހަކުރު އަޅައިގެން ފޮނިކޮށް ވެސް ޕޮޕްކޯން ކާ މީހުން ވެސް މަދެއް ނުވާނެ އެވެ. މީގެ ބަދަލުގައި ހަމަ އެކަނި ލޮނު ރަހަ ލާވަރަށް އިތުރު އެއްޗެއް ނާޅާ ޕޮޕްކޯން ކައިފި ނަމަ ފިކުރެއްނެތި ކިތަންމެ ގިނައިން ވެސް ކެވިދާނެ އެވެ.

ބަށި

ބަށްޓަކީ ހަމައެކަނި ރިހަ ކައްކަން ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. މީރު ލުއިކާނާއެއްގެ ގޮތުގައި ގްރިލްޑް ކޮށްގެން ނޫނީ ފިހެލައިގެން ކާން މިއީ އަނގައަށް ވަރަށް މީރު ތަރުކާރީ އެކެވެ. އެހެންނަމަވެސް ގްރިލް ކުރާއިރު ނުވަތަ ފިހާއިރު މާ ގިނައިން ތެޔޮ ބޭނުން ނުކުރާށެވެ.

އޮރެންޖު

ޑައިޓް ކުރަނީއޭ ކިޔާފައި ހުސް މޭވާ ނުވަތަ ތަރުކާރީ ކެއުމަކުން އަދި ސިއްހަތަށް ފައިދާ ނުވެ ހުރެދާނެ އެވެ. ސަބަބަކީ ކޮންމެ މާއްދާއަކީ ވެސް ހަށިގަނޑަށް ވަކި މިންވަރަކަށް ބޭނުން ވާނެ އެއްޗެއް ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެކި ބާވަތުގެ މޭވާ ނުވަތަ ތަރުކާރީއެކުން މުހިއްމެއް ނޫނެވެ. ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ގިނައިން އޮރެންޖުގެ ބާވަތްތައް ބޭނުން ކުރާށެވެ. އޭގައި ގިނައަދަދަކަށް ފައިބާ، އަދި ވިޓަމިން ސީ ހިމެނެ އެވެ. މީގެ އިތުރުން މިއީ ހަޖަމުކުރުމުގެ ނިޒާމަށާއި ލިވާ އަދި ތިމާގެ ހަމަށް ވެސް ވަރަށް ފައިދާ ހުރި މޭވާއެކެވެ.