މޫސުން ގޯސްވެ ވިއްސާރަ ދުވަސްވަރެއް ނަމަ ގިނަ އަރިދަފުސް ރޯގާ ގިނަވެ އެވެ ފިނިން ސަލާމަތްވުމަށް ހަށިގަނޑު ހޫނު ކަންމަތީ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން ތިރީގައި މިގެނެސްދެނީ ފިނިމޫސުމެއް ނަމަ ރޯގާޖެހުމުން ސަލަމަތްކޮށްދީ ހަށިގަނޑު ހޫނުކަންމަތީ ބެހެއްޓުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެއްޗެވެ.
އިނގުރު
ފިނި މޫސުމެއްނަމަ ރޯގާއިން ސަލާމަތްވުމަށް އިނގުރަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން ސޫޕު ނުވަތަ ކާއެއްޗެއްސަށް އަޅައިގެން އިނގުރު ބޭނުން ކޮށްލާށެވެ.
ފޮނިތޮށި
ފޮނިތޮށްޓަކީ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. އެހެންކަމުން ސެލްޑް ހަދާއިރު ފޮނިތޮށި ބޭނުންކުރާށެވެ. އަދި ސައިތަށްޓަށް އަޅައިގެންވެސް ބޭނުންކުރެވިދާނެ އެވެ. އޭރުން ހަށިގަނޑު ފިނިން ސަލާމަތްވުމަށް އެހީވެދޭނެ އެވެ.
ލޮނުމެދު
ލޮނުމެދަކީވެސް ރޯގާއިން ސަލާމަތްކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ކެއުމުގައި ތިނެއް ނުވަތަ ހަތަރު ލޮނުމެދު ބޭނުންކޮށްލާށެވެ.
ރީނދޫ
ފިނި މޫސުމެއްނަމަ ހަށިގަނޑު ހޫނުކަންމަތީ ބެހެއްޓުމަށް ރީނދޫ އަކީވެސް ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން ހޫނު ކިރުތައްޓެއްގެ ތެރެއަށް ރީނދޫ އަޅައިގެން ބޯލާށެވެ. އޭރުން ހަށިގަނޑު ފިނިން ސަލާމަތްވެ ރޯގާޖެހުމުން ދުރުކޮށްދޭނެ އެވެ.