މާލޭގައި އެމްޑަބްލިއުއެސްސީގެ ފެން ހޮޅިއެއް ވަޅުލަން ކޮނުމަށް ފަހު ބުރި ކޮށްލާފައި އޮތް ކަރަންޓު ކޭބަލެއްގައި ޖެހިގެން އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ޓްވިޓާގައި މީހަކު ބުނެފައި ވަނީ އެމްޑަބްލިއުއެސްސީގެ މަސައްކަތު މީހުން ހޮޅި އެއް ވަޅުލަން ކޮނެ ކަރަންޓް ކޭބަލެއް ބުރިކޮށްލާފައި އޮތުމުގެ ސަބަބުން ގަލޮޅު ގެއެއްގައި އުޅޭ އަންހެނަކަށް ކަރަންޓު ޖެހި ފަރުވާ ދެމުންދާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން ނޫސްވެރިން ސުވާލުކުރަން ފެށުމުން ފުލުހުން މިއަދު ބުނީ ގަލޮޅުގެ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ކަރަންޓުގައި ޖެހިފައިވަނީ 38 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އަންހެން މީހާ އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
މި ކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ބަހެއް ހޯދަން ގުޅުމުން އަދި ޖަވާބެއް ނުލިބެ އެވެ.
ފުލުހުން ބުނީ ކަރަންޓުގައި ޖެހުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ
ވިލްއަށް ކުރެވުނު ޖިންސީ ގޯނާގެ ދައުވާ ކޯޓުން ބޭރު ކޮށްލައިފި
މިރެޔާ ހަމައަށް އީރާނުގެ ޖަވާބެއް ލިބޭނެކަމަށް ބެލެވޭ: ޓްރަމްޕް