އާދަވެގެން ދުވަން ދާނަމަ ދުންފަތާ ދުރަށްދެވި ސިނގިރޭޓު ބުއިން އެއްކޮށް ހުއްޓާލަން ފަސޭހަ ވާކަމަށް ކެނެޑާގެ ޔުނިވާސިޓީއަކުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ކެނެޑާގައި ހެދި މި ދިރާސާއިން ދެއްކި ގޮތުގައި 10 ހަފްތާއަށް ދެމިގެންދިޔަ ދުވުމުގެ ޕްރޮގްރާމުގެ 50.8 ޕަސެންޓު ބައިވެރިން ވަނީ ކާމިޔާބު ކަމާއެކު ސިނގިރޭޓު ބުއިން ހުއްޓާލާފަ އެވެ. އަދި 91 ޕަސެންޓު މީހުން ދުންފަތް ބޭނުންކުރާ މިންވަރު ވަނީ މަދުކޮށްފަ އެވެ.

މި ދިރާސާ ހެދި ފަރާތުން ބުނާގޮތުގައި ކަސްރަތަކީ ދުންފަތާއި ދުރަށްދިޔުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

އަދި މީގެ އިތުރުން އަމިއްލައަށް ދުންފަތާ ދުރަށްދާން ގިނަ މީހުންނަށް އުނދަގޫކަމަށާއި އެހެން ބަޔަކާއި ގުޅިގެން ކުރާ މަސައްކަތުން ސިނގިރޭޓު ބުއިން ހުއްޓާލަންް ފަސޭހަކަމަށްވެސް އެ ފަރާތުން ވަނީ ބުނެފަ އެވެ.

އެހެން ކަމުން ދުންފަތުގެ އިސްތުއުމާލު ކުރުން ހުއްޓާލަން ބޭނުންނަމަ ގަވާއިދުން ދުވަން ދާން އާދަ ކުރާށެވެ.