ސިންގަޕޫރުގެ ސިލްކް އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.
ސިލްކް އެއާގެ ދަތުރުތައް އިއްޔެ ފެށުމާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރު ވަނީ ސިންގަޕޫރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސިންގަޕޫރު އެއާލައިންސްގެ ސަބްސިޑަރީ އެއާލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފުތާއަކު ދެ ދަތުރުކުރަން ވަނީ ނިންމައިފަ އެވެ.
ސިލްކް އެއާގެ ދަތުރުތައް ފެށި ނަަމަވެސް، ސިންގަޕޫރު އެއާލައިންސްގެ ދަތުރުތައް ރާއްޖެއަަށް އަލުން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައި ވަނީ ބޮއިން 800- 737 މަރުކާގެ މަތިންދާބޯޓެވެ.
ކޮވިޑާ ގުޅިގެން މާޗް މަހު ދަތުރުތައް ހުއްޓާލިއިރު، ސިލްކް އެއާއިން ހަފުތާއަކުން ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުކުރެ އެވެ. އެ އެއާލައިން ދަތުރުކުރަމުން އައީ ސިންގަޕޫރު އެއާލައިންސާ ގުޅިގެންނެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި އަލުން ހުޅުވާލުމާ ގުޅިގެން ރާއްޖެ އަންނަ އެއާލައިންތައް މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއިން ވަނީ ޓޫރިސްޓުން ޝައުގުވެރިކުރަން ބޯޑާ މައިލްސް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް