އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ކުރެވޭ ވަރަށް އާދައިގެ، ގިނަފަހަރަށް އަޅާނުލެވި ދޫކޮށްލެވޭ ބައެއް ކަންކަމަކީ ސިކުނޑިއަށް ގެއްލުންވާ ބައެއް ކަންކަން ކަަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.

ހެނދުނުގެ ނާސްތާނުކުރުން

ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ހެނދުނގެ ނާސްތާ ދޫކޮށްލެވޭ ފަހަރު ވަރަށް ގިނަ އެވެ. ނަމަވެސް މިއީ ހަށިގަނޑުގައި ލޭ ދައުރުވުން ދަށްވެ، ސިކުނޑިއަށް ބޭނުންވާ ފުރިހަމަ މާއްދާތައް ލިބުމަށް ހުރަސް އަޅާ ކަމެކެވެ. ސިކުނޑިއަށް ބޭނުންވާ މިންވަރަށް ނިއުޓްރިއެންޓްސް ނުލިބުމަކީ ދިގު މުއްދަތަކަށް ސިކުނޑިއަށް އޭގެ ގެއްލުން ލިބޭ ކަމެކެވެ.

މާ ގިނައިން ކެއުން

ބަނޑުހައިވެފައި ހުންނަ ފަހަރަކު ވަކި މިނެއް ބެލުމެއް ނެތި ކެވޭ ފަހަރު އާދެ އެވެ. މާ ގިނައިން ކެއުމުގެ ސަބަބުން ސިކުނޑިއަށް ލޭ ފޮނުވައިދިނުމަށް ދަތިވެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސް އަޅަ އެވެ. މީގެ އިތުރުން ހަށިގަނޑުގައި ބޭކާރު މަސް ޖަހައި މާ ބޮޑަށް ފަލަވުމުގެ ސަބަބުން ޑިޕްރެޝަންއަށް ވެސް މަގުފަހިވެ އެވެ.

ހަމަ ނިދި ނުލިބުން

ދުންފަތުން ހިތާއި ފުއްޕާމޭގެ އިތުރުން ސިކުނޑީގެ ބަލިތައް ޖެހުމަށް ވެސް މަގުފަހި ކުރުވަ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާނަމަ ސިކުނޑީގެ ސެލްތައް މަރުވެ ހަނދާން ނެތޭ ބަލި ފަދަ ބަލިތައް ޖެހެ އެވެ.

މާ ގިނައިން ހަކުރުގެ ބާވަތްތައް ކެއުން

މާ ގިނައިން ފޮނިކާއެއްޗެހި ކާން ދެވިހިފާފައިވާނަމަ ސަމާލު ވާށެވެ. އެއީ ސިކުނޑިއަށް އާ މައުލޫމާތުތައް ނަގައިދިނުމަށް ހުރަސް އަޅައި ތިބާގެ ވިސްނުން ކޮށި ކޮށްދޭ ނުރައްކާތެރި ކަމެކެވެ.