ރީތި ވަރުގަދަ އިސްތަށިގަނޑަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ އެއްޗެކެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާހުރެ އިސްތަށިގަނޑު ބަލިވެ އިސްތަށި ފައިބަ އެވެ. މީގެ ތެރެއިން އެއް ސަބަބަކީ ސިއްހަތަށް ބޭނުންވާ މާއްދާތައް ހުންނަ ބާވަތްތައް ކެއެމުގައި ބޭނުންކުރުން މަދު ވުމެވެ. މި ލިޔުމުގައި މި ބަލާލަނީ އިސްތަށިގަނޑަށް ފައިދާހުރި އަދި ރާއްޖެއިން ފަސޭގަ ކަމާއި އެކު ލިބެން ހުންނަ ބައެއް ބާވަތްތަކަށެވެ.

ފެހިކަން ގަދަ ފަތްޕިލާވެލި

ފެހިކަން ގަދަ ފަތްތަކުން އަޔަން މާއްދާ ލިބެއެވެ. އަޔަންއަކީ އިސްތަށިތަކުގެ މޫތަކަށާއި، ފޮލިކަލްސްއަށް މުހިންމު މާއްދާ އެކެވެ. ރާއްޖެއިން ލިބެން ހުންނަ ކެއުމުގައި ބޭނުން ކުރެވިދާނެ ފަތްތަކުގެ ތެރޭގައި، ކުއްޅަފިލާ ފަތް، ކެބެޖް އަދި ކަންކުން ފަތް ހިމެނެ އެވެ.

ސިޓްރަސް މޭވާތައް

ސިޓްރަސް ބާވަތުގެ މޭވާތަކުގެ ތެރޭގައި އޮރެންޖް، ލުނބޯ އަދި ގްރޭޕް ފްރުޓް ހިމެމެއެވެ. މިބާވަތުގެ މޭވާއިން ވިޓަމިން ސީ ލިބެ އެވެ. ވިޓަމިން ސީ އަކީ އިސްތަށިގަނޑު ދިގުވުމުގަޔާއި އިސްތަށީގެ ބުޑުން ފެށިގެން ގޮސް އޭގެ ތުނޑާއި ހަމައަށް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެއް ކަމަށްވާ ކޮލަޖެން އުފައްދައިދޭ މާއްދާ އެކެވެ.

ބިސް

ބިހަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. އެންމެ ބިހެއްގައިވެސް ހަޔަކާއި ހަތް ގްރާމްއާ ދެމެދުގެ އަދަދަކަށް ޕްރޮޓީން އެކުލެވެ އެވެ. މިއީ ސިއްހީ ގޮތުން ރަނގަޅު މިންވަރެއްގައި އިސްތަށިގަނޑު ދިގުވުމަށް ބޭނުންވާ މިންވަރެވެ.