މޮސްކޯ (05 އޮގަސްޓް) އެމެރިކާއާއެކު ގައިދީން ބަަދަލު ކުރުމުގެ މަޝްވަރާތައް ކުރަން ތައްޔާރު ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލެވްރޯވް ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުތަކުގެ މަތިން ރަޝިއާގައި ހައްޔަރުކޮށްފައި ތިބި އެމެރިކާއަށް ނިސްބަތްވާ ގައިދީން ހަމަ އެގޮތަށް އެމެރިކާގައި ހައްޔަރުކޮށްފައި ތިބި އެމެރިކާ ރައްޔިތުން ދޫކޮށްލާ ގޮތުގެ މަތިން މިނިވަން ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

"މިކަމާ ގުޅޭ ގޮތުން މަޝްވަރާތައް ފަށަން އަހަރުމެން (ރަޝިއާއިން) ތައްޔާރު. އެހެން ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދެވޭނީ ދެގައުމުގެ ރައީސުން އެއްބަސްވާ ޑިޕްލޮމެޓިކް އުސޫލުތަކުގެ މަތިން" ލެވްރޯވް ވިދާޅުވި އެވެ.

ލެވްރޯވް މިހެެން ވިދާޅުވެފައި މިވަނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބްރިޓްނީ ގްރިނާ ނުވަ އަހަރަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ހުކުމް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ބްރިޓްނީއަށް ކުރިމަތިވި ހުކުމާއެކު ދެގައުމުގެ މެދުގައި ގައިދީން ބަދަލު ކުރުމުގެ ސިޔާސަތަކަށް ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މި ދެގައުމުގައި ވެސް އަނެއް ގައުމަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްްޔިތުން ގައިދީންގެ ގޮތުގައި ތިބި ކަމަށް ތަފާސް ހިސާބު ތަކުން ދައްކަ އެވެ. -- އަލް އަރަބިއްޔާ